ހަބަރު

ރައީސްއާ ބައްދަލު ކުރުމަށް ފަހު ޕީޕީއެމް ޕީޖީ ބައްދަލުވުމެއް މަޖިލީހުގައި

ރައީސް އަބްދުﷲ ޔާމީންއާ އެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ޕީޕީއެމްގެ ޕީޖީ ގްރޫޕުން މަޖިލީހުގައި ބައްދަލު ކުރައްވަމުން އެބަ ގެންދަވަ އެވެ. މެންބަރުން ބައްދަލު ކުރައްވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ނޭނގެ އެވެ.

ރައީސް ޕީޕީއެމްގެ ޕީޖީއާ ބައްދަލު ކުރެއްވީ، އިއްޔެ ނައިބު ރައީސް ހައްޔަރު ކުރި މައްސަލައިގެ މައުލޫމާތު ދެއްވުމަށެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެންބަރަކު ވިދާޅުވީ ރައީސް ދެއްވި މައުލޫމާތުތަކަށް ފަހު ޕީޕީއެމްގެ ޕީޖީ އިން ދެން އަމަލު ކުރާނެ ގޮތަކާ ގުޅޭ ގޮތުން މަޖިލީހުގައި މިހާރު ކުރިއަށް ދަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ކުއްލި ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕީޖީ އަޅާނެ ފިޔަވަޅުތަކެއް ނިންމޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މެންބަރު ވިދާޅުވި އެވެ.

ރައީސް މީގެ ކުރިން ވެސް ޕީޕީއެމްގެ ޕީޖީ ގްރޫޕާ ބައްދަލު ކުރައްވާފައިވެ އެވެ.

(ތަފްސީލް އަންނަނީ)