ރެއާލް މެޑްރިޑް

ރެއާލް ބަލިކޮށް ބިލްބައޯ ފައިނަލަށް

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔަބު ހޯދައި އެތުލެޓިކް ކުލަބު ބިލްބާއޯ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ރެއާލް ސޮސިއެޑާޑް ބަލިކޮށް، ބާސެލޯނާ ފައިނަލަށް ދަތުރު ކުރުމުން، ރެއާލް އާއި ބިލްބާއޯގެ މެޗު މެޑްރިޑްގެ ޓީމު ކާމިޔާބުކޮށް އެލް ކްލެސިކޯގެ ފައިނަލަކަށް ވެދާނެ ކަމަށް ބެލެވުނު ނަމަވެސް، މެޗު ފުރަތަމަ ހާފުގައި ބިލްބާއޯ އިން ދެ ލަނޑު ޖެހުމުން ރެއާލްއަށް އުނދަގޫ ކުރިމަތި ވި އެވެ.

މެޗުގެ 18 ވަނަ މިނެޓްގައި ރައުލް ގާސިއާ ވަނީ ބިލްބާއޯގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރި ލިބުނު ޕެނަލްޓީ އަކުން 38 ވަަނަ މިނެޓްގަ އެވެ. ރެއާލްގެ ލަނޑު ކަރީމް ބެންޒެމާ ކާމިޔާބު ކުރީ 73 ވަނަ މިނެޓްގަ އެވެ.

ބާސެލޯނާ އާއި ބިލްބާއޯ ގެ ފައިނަލު މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. ބާސާ އާއި ބިލްބާއޯ ވަނީ މީގެ ކުރިން ސްޕެނިޝް ސުޕަ ކަޕްގައި ވާދަ ކޮށްފަ އެވެ. ބާސާގެ ކުރީގެ ކޯޗް އެރުނަސްޓޭ ވެލްވެރުޑޭގެ ކޯޗް ކަމުން ސުޕަ ކަޕްގައި ބިލްބާއޯއިން ވަނީ 2015 ވަނަ އަހަރު ބާސާ ބަލި ކޮށްފަ އެވެ.

ބިލްބާއޯގެ މިހާރުގެ ކޯޗް މާސެލީނޯ ގާސީއާ ޓޮރާލްއަށްވެސް ބާސާ އާ ދެކޮލަށް ކުޅޭ ފައިނަލު މެޗު ހާއްސަ ވާނެ އެވެ. އޭނާ ވަނީ ސްޕެނިޝް ކަޕްގައި 2019 ވަނަ އަހަރު ބާސާ ބަލިކޮށް އޭނާގެ ކުރީގެ ކުލަބު ވެލެންސިއާ އަށް ތަށި ހޯދައިދީފަ އެވެ.