ހަބަރު

ގެއްލުނު ތިން ދޯނީގެ ތެރެއިން ދެ ދޯންޏެއްގެ މީހުން ކަނޑުވެފައި ތިއްބާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ތިން ދޯނި ތެރެއިން ތ. ދިޔަމިންގިލިން ފުރި "ނޫމަސް" ސަޕްލައި ދޯންޏާއި މާލެއިން ފުރި "އެޓޯލް އެކްސް ޕްރެސް" ދޯނި އަޑިޔަށް ގޮސް، އޭގައި ތިބި މީހުން ކަނޑުވެފަ ތިއްބާ ފެނިއްޖެ އެވެ.

ފުރިފަހުން ހަބަރެއް ނުވެގެން މުދާ އުފުލާ ތިން ދޯންޏެއް ހޯދުމަށް އެމްއެންޑީއެފް އިން ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ތ. ދިޔަމިންގިލިން ފުރި "ނޫމަސް" އާއި މާލެއިން ފުރގައިގެން ދިޔަ "އެޓޯލް އެކްސް ޕްރެސް" ގައި ދަތުރުކުރިމީހުން ކަނޑުމަތީ ތިއްބާ ވަނީ ހޯދައިފަ އެވެ. ނަމަވެސް އއ. ކުރިމަތު ރިސޯޓަށް ދަތުރުކުރި "މަރާނަ 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި އަދި ނުފެނެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އަދުނާން މުހައްމަދު ވިދާޅުވީ ނޫމަސް ދޯންޏާއި އެޓޯލް އެކްސްޕްރެސް ދޯނިން ދަތުރުކުރި މީހުން ފެނިފައިވަނީ މިއަދު 12:15 ކަންހާ އިރު ލ. ގައްދޫގެ 50 މޭލު ދުރުން ކަންޑު މަތީ އޮތް ކޮންޓެއިނަރެއް މަތީ ތިއްބައި ކަމަށާއި އެދޯނި އަޑިޔަށް ދެ ދޯނި އަޑިޔަށް ދިޔައީ އިއްޔެގެ 14:30ހާއި 15:00 އެހާކަންހާ އިރު ކަމަށެވެ. އަދި ކޮންޓެއިނަރުގެ އެހީގައި ކަންޑުމަތީ 11 މީހުން އޮތް އިރު އޭގެތެރެއިން އެކަކުގެ ފައި ބިންދާގެން ގޮސްފައިވާ ކަމަށް އަދުނާނު ވިދާޅުވި އެވެ.

"ގެއްލިގެން އުޅުން ތިން ދޯނި ހޯދުމަށް ކޯސްޓުގާދުން ކުރި މަސައްކަތުގެ ތެރެއިން ދެދޯންޏެއްގެ މީހުން ފެނުނީ މިއަދު 12:15 ކަން ހާއިރު ލ. ގައްދޫގެ 50 މޭލުދުރުގައި ކަނޑުމަތީގައި އޮއްވާ. 11 މީހުން އެތަނުން ފެނުނު އިރު އެންމެންވެސް ހުރީ ކޮންޓައިނަރެއްގައި ހިފާގެން،" އަދްނާން ވިދާޅުވި އެވެ.

އެނާ ވިދާޅުވީ ގޮތުގައި މިހާދިސާގައި ކަނޑުމަތިވީ މީހުންގެ ތެރެއިން އެކަކުގެ ފައިވަނީ ބިންދައިގެން ގޮއްސަ ކަމަށާއި ކޯސްޓުގާޑުން މިހާރު އަންނަނީ އެމީހުން ގޮވާގެން ގއ. ވިލިންގިލިޔަށް ދަތުރުކުރަމުން ކަމަށެވެ. އަދި މިދެދޯނިން އެއްވެސް އިތުރު މީހަކު ގެއްލިފައި ނުވާކަމަށް އަދްނާން ވިދާޅުވި އެވެ.