އިންޑިޔާގެ ޖަރްކަންޑްގެ ރާމްގަޅް ޑިސްޓްރިކްޓްގައި ދިރިއުޅުނު ފުރާވަރުގެ ފިރިހެންކުއްޖަކު ސެލްފީއެއް ނަގަން ރޭލެއް މައްޗަށް އަރައިގެން އުޅެނިކޮށް ހައި ވޯލްޓޭޖް ކަރަންޓު ކޭބަލެއްގައި ޖެހި އަނދާ އަޅިޔަށް ވެއްޖެ އެވެ.
މި ކުއްޖާ ޖެހުނު ކޭބަލް އަޅާފައި ރޭލަށްވުރެ މާ މަތިންނެވެ. ނަމަވެސް ކުއްޖާ ރޭލު މައްޗަށް އަރައިގެން އުޅުމުގެ ތެރޭގައި ކޭބަލްގައި ޖެހުނީ އެވެ.
ކުއްޖާ އެތަނަށް ގޮސް އުޅުނީ އެ ފުރައިގެ އެހެން ކުއްޖަކާ އެކުގަ އެވެ. އެ ރޭލަކީ މުދާ އުފުލާ ރޭލެކެވެ. ކުއްޖާއަށް އެ ރޭލު ފެނިގެން އޭގެ މަތީގައި ހުރެ ސެލްފީއެއް ނަގަން ބޭނުން ވެގެން އޭގެ މައްޗަށް އެރީ އެވެ.
އެހިސާބުގަނޑުގެ ފުލުހުން ބުނި ގޮތުގައި ކޭބަލްގައި ޖެހުމާއެކު ކުއްޖާގެ ގައިގައި ހުޅުހިފައި އިސާހިތަކު ހަށިގަނޑު އަނދައިގެން ދިޔަ އެވެ. އަދި ޕޯސްޓް މޯޓަމަށް ފަހު ހަށިގަނޑު މިހާރު އާއިލާއާ ހަވާލުކޮ ށްފައިވާ ކަމަށް ވެސް ޕުލުހުން ބުނެފައި ވެއެވެ.
ސެލްފީ ނަގަނިކޮށް ދިމާވާ އެކި ކަހަލަ އެކްސިޑެންޓްތަކުގައި އިންޑިޔާގައި ވަރަށް ގިނަ ބަޔަކު މަރުވެފައި ވެއެވެ.