ހަބަރު

އިންތިގާލީ އިންސާފުގެ ވެރިން އައްޔަންކޮށްފި

Jan 16, 2021
3
ރައީސް އޮފީސް
0%
0%
0%

ޗީފް އޮމްބަޑްސްޕަސަންގެ މަޤާމަށް ނ. މާފަރު / އީޓުޖެހިގޭ އަބްދުއްސަލާމް އާރިފް، އަދި އޮމްބަޑްސްޕާސަންގެ މަގާމަށް ގއ. ކަނޑުހުޅުދޫ / ބްލޫރޯޒް ޖިހާދާ އަނީސް އާއި، ހ. ފެހިއާލާ / މަރްޔަމް ލައިޒާ އިއްުޔެ އަޔަން ކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ތިން ބޭފުޅުން އެ މަގާމުތަކަށް ލެއްވެވީ އިންތިގާލީ އިންސާފުގެ ގާނޫނުގައިވާ ގޮތުގެމަތީންނެވެ.

ޗީފް އޮމްބަޑްސްޕަސަންގެ މަގާމަށް އައްޔަންކުރެއްވި އަބްދުއްސަލާމް އާރިފަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރެއްވި ޖިހާދާ އަނީސް އެންމެ ފަހުން އަދާ ކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމެވެ.

އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަންކުރެއްވި ލައިޒާ މީގެ ކުރިން ވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރާއެއްގެ މަގާމް އަދާކުރައްވާފައެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345