ބ. ގޮއިދޫ ފެނާއި ނަރުދަމާގެ މަޝްރޫއު އިފްތިތާހު ކޮށްފި އެވެ.
އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ހިމެނޭ ނަރުދަމާ ގާއިމް ކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު ވަނީ އެ ރަށަށް ގެންގޮސްފަ އެވެ. އަދި ބުނީ ހޮޅި ވަޅުލުމަށް ތައްޔާރުވެފައިވާއިރު ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ ބިލްޑިންގެ 31 ޕަސެންޓް މަސައްކަތް ވަނީ ނިމިފައިވާ ކަމަށެވެ.
އެ މަޝްރޫގައި 15.9 ކިލޯމީޓާރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމާއި، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި 300 ޓަނުގެ ދެ ތާންގީ ބެހެއްޓުމުގެ އިތުރުން ގޭގައި ފެން މީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ އެވެ.
މީގެ އިތުރުން 8.7 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމު ކުރުމާއި 1.1 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ތިން ޕަންޕިް ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ގާއިމް ކުރާނެ އެވެ.
ގޮއިދޫ ފެނާއި ނަރުދަމާ މަޝްރޫއަކީ 22 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ދީފައިވާ 4.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.