ދުނިޔެ

ފިލިޕީންސް އެއާފޯސް ހެލިކޮޕްޓަރެއް ވެއްޓި 7 މަރު

ފިލިޕީންސް އެއާފޯސް ހެލިކޮޕްޓަރެއް ބުކިނަން ޕްރޮވިންސަށް ވެއްޓި ދަތުރުކުރި ހަތް މީހުން މަރުވެއްޖެ އެވެ. މިލިޓަރީން މިކަން ކަށަވަރުކޮށް ދެއެވެ. ލޯކަލް މީޑިއާއާ ހަވާލާދީ ޝިންހުއާ ނިއުސް އޭޖެންސީން ބުނީ ހެލިކޮޕްޓަރު ވެއްޓުނީ ސިފައިންނަށް ސަޕްލައި ހިފައިގެން ދަތުރު ކުރަނިކޮށް ފަރުބަދަތަކެއްގެ ތެރެއަށް ކަމަށެވެ.

ފިލިޕީންސް އެއާފޯސްގެ ދެ ހެލިކޮޕްޓަރު ފާއިތުވި އަހަރު ވެސް ވަނީ ވެއްޓިފަ އެވެ. އެއީ ޖުލައި 23، 2020 ގައި އިސަބެލާ ޕްރޮވިންސަށް ވެއްޓުނު ހެލިކޮޕްޓަރާއި ސެޕްޓެމްބަރު 16 ގައި ބަސިލިއަން ޕްރޮވިންސަށް ވެއްޓުނު ހެލިކޮޕްޓަރެވެ.

ބުކިނަން ޕްރޮވިންސަށް ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބު ކަމަށް މިލިޓަރީ ސްޕޯކްސްމަން ވިދާޅުވީ އިންޖީން ފޭލްވެގެން ކަމަށެވެ. އޭނާ ވިދާޅުވީ ހެލިކޮޕްޓަރުތައް ވަރަށް ރަނގަޅަށް ސާވިސްކޮށް ބަލަހައްޓާ ކަމަށާއި އެކަމަކު ފުދޭ ވަރަކަށް ދުވަސްވެފައިވާ ކަމަށެވެ.

ފިލިޕީންސް އެއާފޯސް ހެލިކޮޕްޓާރު ވެއްތުނު ސަރަހައްދު އާންމުނަށް ބަންދުކޮށްފައި

ފިލިޕީންސް އަކީ ވެސް ދޭތެރެ ދޭތެރެއިން މަޝްރަހު ހޫނުވާ ގައުމެކެވެ. ވަކިވެ ގަންނަން މަސައްކަތްކުރާ ބާޣީން ބަލި ކުރުމަށް ދައުލަތުން ދިފާއި އުކުޅުތައް ބޭނުން ކުރަމުން އަންނައިރު އެކަހެރި ހިސާބުތަކުގައި ސިފައިން ގާއިމުވެ ތިބެ އެވެ. ބާޣީންނާ މަޝްވަރާ ކޮށްގެން ހައްލު ހޯދަން ކުރި މަސައްކަތްތަކުން ވެސް ދެމެއްޓެނިވި ކާމިޔާބެއް ނުލިބެ އެވެ.

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވީ ބާޣީންނާ މަޝްވަރާ ކުރުމެއް ދެން ނޯންނާނެ ކަމަށާއި ސުލްހައަށްޓަކައި ދޫކޮށްލި ބާޣީ ލީޑަރުން ހައްޔަރުކޮށް ފޮނުވާނީ ޖަލަށް ކަމަށެވެ.