ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސްރީލަންކާ އެއާޕޯޓް ޖެނުއަރީ 21 ގައި ހުޅުވަނީ

ސްރީ ލަންކާ އެއާޕޯޓް ޖެނުއަރީ 21 ހުޅުވާލަން ތައްޔާރުވަމުން އަންނައިރު ދަތުރުވެރިން ކޮންމެހެން ސަމާލުވާން ޖެހޭ ކަންތައްތައް އާންމު ކޮށްފި އެވެ. ދުނިޔެ މިހާރު އޮތް ކޮވިޑްގެ ހާލަތުގައި، ދަތުރުފަތުރު ކުރުން ހިތް އެދޭހާ އޮމާން ނުވާނެކަން ހަނދާނުގައި ބަހައްޓަން އެދެމުން ލަންކާއިން ވަނީ އެ ގައުމަށް އެތެރެވާން އެދޭހާ މީހަކު އަމަލު ކުރުމަށް ކަނޑައެޅިފައި ހުރި އުސޫލުތައް ބަޔާން ކޮށްފަ އެވެ.

ލަންކާއަށް އެތެރެވެ ތިބުމަށް ވަކި މުއްދަތެެއް ނެތެވެ. ވަކި ގައުމެއް އިސްތިސްނާވެފައި ވެސް ނެތެވެ. އެހެން ނަމަވެސް، ހާލަަތަށް ބަލައި ގޮތްތަކެއް ނިންމޭނެ ކަމަށް ބުނެފައިވާއިރު ޔޫކޭއިން ދާ މީހުންނަށް ވެސް ލަންކާއަށް ވަދެވޭ އުސޫލުތަކެއް ވަނީ ހަދާފަ އެވެ.

ލަންކާއަށް ދަތުރުކޮށް ގޮސް ކަރަންޓީނު ކުުރުމެއް ވެސް ނެތެވެ. އެކަމަކު ވެސް މިކަންތައްތައް ހިނގައިދާން ޖެހެނީ މިވަގުތު ދުނިޔެ އޮތް ހާލަތަށް ރިއާޔަތްކޮށް އެންމެންގެ ސަމާމަތަށް ހެދިފައި ހުރި ގަވާއިދުތަކަށް ފެތޭ ގޮތަށެވެ.

ލަންކާއަށް އެތެރެވާއިރު ވިސާ އޮންނަންޖެހެ އެވެ. ވިސާ ފޯމް ފުރާނީ އިމިގްރޭޝަން އޮންލައިން، "އިލެކްޓްރޯނިކް ޓްރަވެލް އޮތޮރައިޒޭޝަން" ޕޯޓަލް މެދުވެރިކޮށެވެ.

އޮންލައިން ވިސާ ފޯމް - އިލެކްޓްރޯނިކް ޓްރަވެލް އޮތޮރައިޒޭޝަން ޕޯޓަލް

ދަތުރަށް ފަށައިގަތުމާއެކު ހޮޓަލެއް ބުކްކުރަންޖެހެ އެވެ. ކުރިއާލައި ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ހުށަހަލަންޖެހެ އެވެ. މިއީ ހޮޓާ ބުކް ކުރާއިރު ބޭނުންވާނެ މައުލޫމާތެވެ.

ހޮޓެލް ބުކިން ހަދަން ޖެހެނީ ލަންކާ ސިއްހީ އިދާރާތަކުން ހުއްދަދޭ ހޮޓަލަކުންނެވެ. އެއާއެކު ކޮވިޑް އިންޝޫރެންސްއަށް 12 ޑޮލަރު ދައްކަންޖެހެ އެވެ.

ލަންކާއިން މިވަގުތަށް ހަދާފައި ހުރި ގަވާއިދުތައް ފުރިހަމަ ކޮށްގެން އެގައުމަށް ދާ މީހަކަށް މާބޮޑު އުނދަގުލެއް ނެެތެވެ. ނުދެވޭ ތަނެއް ވެސް ނެތެވެ. އެހެން ނަމަވެސް ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރުން 14 ދުވަހަށް މަނާވާނެ އެވެ. އަދި އެއަށް ފަހު ވެސް ރަނގަޅު ގޮތަކީ ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ނުކުރުްނ ކަމަށް ވަނީ ބުނެފަ އެވެ.