ކުޅިވަރު

ބާސާ ބަލިކޮށް ސުޕަ ކަޕް ބިލްބާއޯ ނަގައިފި

ފައިނަލުގައި އެފްސީ ބާސެލޯނާގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ސްޕެނިޝް ސުޕަ ކަޕް އެތުލެޓިކް ކުލަބު ބިލްބާއޯ އިން ކާމިޔާބު ކޮށްފި އެވެ.

މެޗުގެ 90 މިނެޓްގެ ކުޅުނު 2-2 ން އެއްވަރު ވެގެން ނިމުމުން، އިތުރު ވަގުތުގެ ދެ ހާފަށް ގޮސް، ފުރަތަމަ ހާފުގެ ދެ ވަނަ މިނެޓްގައި ބިލްބާއޯ މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ އިނާކީ ވިލިއަމްސް އެވެ. އިތުރު ވަގުތުގެ ދެވަނަ ހާފުގެ އެންމެ ފަހު ވަގުތުގައި ބާސާގެ ކެޕްޓަން ލިއޮނެލް މެސީއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.

މެޗުގެ ފުރަަތަމަ ލީޑް ނެގީ ބާސާއިންނެވެ. އެ ޓީމުގެ ލަނޑު މެޗގެ 40 ވަނަ މިނެޓްގައި ކަމިޔަބު ކުރީ އެންޓްއާން ގްރީޒްމަން އެވެ. އޭގެ ދެ މިނެޓް އޮސްކާ ޑީ މާކޯސް ވަނީ ބިލްބާއޯއަށް ނަތީޖާ ހަމަހަމަަ ކޮށްދީފަ އެވެ.

މެޗގެ 77 ވަނަ މިނެޓްގައި ގްރީޒްމަން އަނެއްކާ ވެސް ބަސާ އަށް ލީޑް ނަގައިދިނެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ ޖޯޑީ އަލްބާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

މެޗުން ބާސާ މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް، މިދިޔަ އަަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު ފައިނަލަށް ދަތުރު ކުރި ބިލްބާއޯގެ އަސިއާ ވިޔާލިބްރޭ ވަނީ މެޗުގެ 90 ވަނަ މިނެޓްގައި ލީޑް ނަގައިދީފަ އެވެ.

އެތުލެޓިކް ބިލްބާއޯ އާއި އެ ޓީމުގެ ކޯޗް މާސެލީނޯ ގާސީއާ ޓޯރަލް އަކީ ފައިނަލުގައި ބާސާ ބަލި ކުރުމުގެ ތަޖުރިބާ ހުރި ކޮމްޕޯނަންޓްތަކެވެ. ބާސާގެ ކުރީގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ބިލްބާއޯގެ ކޯޗް ކަމުގައި ހުރިއިރު އޭނާ ވަނީ 2016 ވަނަ އަހަރު ސުޕަ ކަޕްގައި ވެސް ބާސާ ބަލި ކޮށްފަ އެވެ. ސުޕެނީޝް ކަޕްގެ ފައިނަލުގައި 2019 ގައި ވެލެންސިއާ ގޮވައިގެން ނުކުމެ މާސެލީނޯ ވަނީ ބާސާ ބަލިކޮށް ވެލެންސިއާ އަށް ތަށި ހޯދައި ދީފަ އެވެ.