ވިޔަފާރި

އުރީދޫން ގެލެކްސީ އެސް 21 ތައާރަފު ކުރަނީ

Jan 18, 2021
2

އެންމެ ހަލުވި މޮބައިލް ނެޓްވޯކް ކަމަށްވާ 5ޖީ ލިބޭ، ސެމްސަންގް ގެލެކްސީ އެސް 21 ރާއްޖެއަށް ތައާރަފު ކުރަން، އުރީދޫ މޯލްޑިވްސް އިން ތައްޔާރު ވެއްޖެ އެވެ.

އުރީދޫން ބުނި ގޮތުގައި ސެމްސަންގެ އެންމެ ފަހުގެ ފޯނު ގެލެކްސީ އެސް 21 ރާއްޖެއަށް ތައާރަފު ކުރަން ވަނީ ތައްޔާރު ވެފަ އެވެ. ނަމަވެސް އިތުރު ތަފުސީލެއް އެ ކުންފުނިން އަދި ނުދެ އެވެ.

ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުނިން ވަނީ އެސް 21 އާއި އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާގެ ނަމުގައި މި ސީރީޒްގެ ތިން ފޯނެއް ދުނިޔެ އަށް ދައްކާލާފަ އެވެ.