ފިނިޕޭޖް

އައިކިއުގެ ހުނަރު ލެވެލް މައްޗަށް!

ރީތި ވާހަކަތައް ލިޔެފައިވާ ލިޔުންތެރިޔާ އަހުމަދު އިގްބާލު (އައިކިޔޫ) ވާހަކަ ލިޔުމުގެ ތެރެއަށް ވަނީ 2002 ވަނަ އަހަރު އެވެ.

އުމުރުން 35 އަހަރުގެ އިގްބާލް ބުނާ ގޮތުން ލިޔުންތެރިކަމުގެ ތެރެއަށް އޭނާ ވަނީ މީޑިއާ ނެޓްގެ މެގެޒިނަކަށް ސީރީޒެއް ގޮތަށް ވާހަކައެއް ލިޔަން ޖެހިގެނެވެ.

އިޖުތިމާއީ ގިނަ މައްސަލަތަކާއި އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ލިޔެފައިވާ ވާހަކަތަކުގެ އިތުރުން ކުޑަ ކުދިންނަށް ހާއްސަ ކޮށްގެން ވެސް ތަފާތު ވާހަކަތަކެއް އޭނާ ލިޔެފައި ވެއެވެ. ބައެއް ވާހަކަ ވަނީ ބާޒާރަށް ވެސް ނެރެފައެވެ. -- ދިގު ތިން ވާހަކަ އާއި ގިނަ އަދަދެއްގެ ކުރު ވާހަކް ލިޔެފައި ވެއެވެ.

އިގުބާލު ލިޔުނު ވާހަކަތަކުގެ ތެރެއިން އޭނާއަށް އެންމެ ބޮޑަށް ފާހަގަ ކުރެވެނީ "މަންމަ އަންނާނެ ނަމަ، އެދުވަސް އަލުން" އެވެ.

ވާހަކައިގެ އިތުރުން އިގްބާލް ފިލްމް ސްކްރިޕްޓް ވެސް ލިޔެ ޓީވީ ޕްރޮޑްކްޝަންގެ މައްއްކަތް ވެސް ކުރެ އެވެ. ތިން ފިލްމެއްގެ ސްކްރިޕްޓް ނިންމާފައިވާއިރު ފިލްމީ ދާއިރާގައި މިހާރު އޭނާއަށް ސަމާލުކަން އޭނާއަށް ލިބެ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ޓީވީ ޕްރޮޑަކްޝަންގެ މަސައްކަތް ފެށި ހިސާބުން ގިނަ އަދަދެއްގެ ޝޯތައް ވެސް އޭނާ ވަނީ އުފައްދާފަ އެވެ.

"މިހާރު ދެ ފިލްމެއްގެ މަސައްކަތް އެބައޮތް. އެއް ފިލްމެއްގެ ޝޫޓިންގެ ގާތްގަނޑަށް ނިމިފަ. އެއީ އޭގެ ޕްރޮޑިޔުސަރާއެކު ޑިވޮލޮޕްކޮށްފައި އިން ސްކްރިޕްޓެއް. ދެން އޭގެ އިތުރުން އަދި އިންނާނެ އެއް ސްކްރިޕްޓް. އެވެސް ކޮންސެޕްޓެއް ދިނީމަ، އެޔަށް ލިޔުނު ސްކްރިޕްޓެއް." އޭނާ ބުންޏެވެ.

މި ފަންނާނުގެ ކުރު ވާހަކަތަކަށް ލޯބި ކުރާ ފަރާތްތަކަށް އޭނާ ވަނީ ހަބަރެއް ދީފަ އެވެ. އެއީ ކިޔުންތެރިންނަށް އޭނާ ދޫކޮށްލާފައިވާ ކުރު ވާހަކަތަކުގެ ސީރީޒެއްގެ މަސައްކަތް ފެށުމެވެ. އަދި އޭނާގެ ދިގު ވާހަކައަކަށް ވެސް ސީރީޒެއް ހަދާނެ އެވެ.