ވިޔަފާރި

އުރީދޫން މޮބައިލް ބެލެންސުން އޮންލައިން ގިފްޓް ކާޑު ގަތުމުގެ ހިދުމަތް

Jan 19, 2021

ގޭމިން ކޯޑު އަދި އީ-ގިފްޓް ކާޑު ގަނެވޭ އިންޓަނޭޝަނަލް އޮންލައިން ޕްލެޓްފޯމް ކާޓީ ސްޓޯރު އުރީދޫން ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.

އުރީދޫން ރާއްޖެއަށް ތައާރަފު ކުރި "ކާޓީ ސްޓޯރު" މެދުވެރިކޮށް ގޭމިން އާއި މިއުޒިކް އަދި އައި ޓިއުންސްގެ އިތުރުން ގޫގްލް ޕްލޭ އަދި ޕްލޭސްޓޭޝަން އާއި އެކްސް ބޮކްސް ގަނެވޭނެ އެވެ.

މީގެ އިތުރުން ފިލްމް ބަލަން ބޭނުންކުރާ ނެޓްފްލިކްސް ދެއްކުމާއި ޕަބްޖީ އަދި ލީގް އޮފް ލެޖެންޑްސް އާއި ވޯލްޑް އޮފް ވޯކްރާފްޓް ފަދަ އީކޮމާސް އަދި ގޭމު ތަކުގައި ބޭނުން ކުރާ ގިފްޓް ކާޑު ވެސް ގަނެލެވޭނެ އެވެ.

އެ ކުންފުނިން ބުނީ ކާޓީއާ ދެމެދު ވެވުނު ޕާޓްނާޝިޕްގެ ސަބަބުން އުރީދޫ ކަސްޓަމަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރުމަކާ ނުލާ ތަކެތި ގަނެލެވޭނެ ކަމަށެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބިލުގައި ހިމަނާގޮތަށް ހިދުމަތް ހޯއްދޭނެ އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ހާމް ވިދާޅުވީ މުޅި ރާއްޖޭގައި ވެސް ފެންނަމުން ދަނީ އޮންލައިންކޮށް ވިޔަފާރި ކުރުމާއި އޮންލައިން ގޭމިން އަދި އޮންލައިން ސްޓްރީމިން ވަރަށް ބާރަށް ފެތުރެމުން ކަމަށާ، އެހެންވެ މި ހިދުމަތުގެ ބޭނުން ކަސްޓަމަރުންނަށް މުހިންމު ކަމަށެވެ.