ހަބަރު

ކަނޑޫފާތަކުން ނެގި ސާމްޕަލް އިންޑިއާއަށް

Jan 19, 2021
1

ހއ. ކެލާ އާއި ހދ. ނޭކުރެންދޫ ހިމެނޭ ގޮތުން ހަތް ރަށެއްގެ ކަނޑޫފާ މަރުވަމުންދަ ސަބަބު ހޯދަން ނެގީ ސާމްޕަލްތައް އިންޑިއާއަށް ފޮނުވައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާތަކުގެ ތެރޭގައި ހިމެނޭ ކެލާ އަދި ނޭކުރެންދޫގެ ކަނޑޫފަލުން ބޮޑު ސަރަހައްދެއް ނެތެމުންދާ ކަމުގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފަ އެވެ.

އީޕީއޭއިން މިއަދު ބުނީ އެ މައްސަލަ މެދުވެރިވެފައިވާ ހަތް ރަށެއްގެ އިތުރުން ކޮންޓްރޯލް ސައިޓަކުން ނެގި ސާމްޕަލް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި ފޮރިން މިނިސްޓްރީގެ އެހީތެރި ކަމާއެކު އިންޑިއާގެ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއަށް ފޮނުވާފައިވާ ކަމަށެވެ.

"އުއްމީދަކީ އެ ސާމްޕަލްތަކުން ކުރެވޭ ދިރާސާއިން ކަނޑޫފާތައް މަރުވާން މެދުވެރިވާ ސަބަބު ދެނެގަތުމަށް އެހީތެރިވުން،" އީޕީއޭއިން ބުނެފައިވެ އެވެ.

ކަނޑޫފާތައް މަރުވުމަށް ގިނަ ސަބަބުތަކެއް މެދުވެރިވާއިރު، ރާއްޖޭގެ ގިނަ ކަނޑޫފަލަކީ ވެސް ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކެވެ.