ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިލެކްޝަންސް ކޮމިޝަން

އެޗްޕީއޭއިން އިންތިހާބާބެހޭ ގައިޑްލައިން ފޮނުވައިފި

ސިއްހި ކުއްލި ހާލަތުގައި އިންތިހާބު ބާއްވާނަމަ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތައް ހިމެނޭ ގައިޑްލައިންގެ ޑްރާފްޓް އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިފި އެވެ.

ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށް ކަމަށް އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ މިއަދު މަޖިލީހުން ފާސްކުރި ބިލްގައި ބުނެފައިވެއެވެ. އަދި އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމުކުރަންވާނެކަމަށް އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް މިރޭ އަވަސްއަށް ވިދާޅުވީ ގައިޑްލައިންގެ ޑްރާފްޓް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ޑްރާފްޓް ދިރާސާ ކުރަމުންދާއިރު ސިޔާސީ ޕާޓީތަކުގެ ވިސްނުން ހުރި ގޮތެއް ބަލާނެ ކަމަށެވެ. އެގޮތުން މާދަމާ ޕާޓީތަކާއެކު ބައްދަލްވާން ވަނީ ނިންމާފައެވެ.

ޝަރީފް ވަނީ އެޗްޕީއޭގެ ގައިޑްލައިންގައި ހުރި ބައެއް ކަންކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. ޝަރީފް ވިދާޅުވީ ރަށްރަށަށް ފޮނުވާ އޮފިޝަލުން 10 ދުވަހު އެ ރަށުގައި ކަރަންޓީންގައި ތިބުމާއި ޕޮޒިޓިވްވާ އޮފިޝަލުންގެ ބަދަލުގައި އިތުރު ބަޔަކު ހޯދަން އޮތް އޮތުމަކީ މާލީގޮތުން ބުރައަކަށްވާނެ ކަމަށެވެ. އެ ނޫން ގޮތަކަށް އޮތުން މުހިންމު ކަމަަށްވެސް ވިދާޅުވިއެވެ. އެކަންކަން އިސްލާހު ކުރަން ހުށައެޅުއްވުމުގެ ވިސްނުން ގެންގުޅޭ ކަމަށާ ބައެއް މާއްދާތައް ހުރި ގޮތުން އިންތިހާބަށް ކުރަންޖެހޭ ހަރަދުތައް ބޮޑުތަނުން އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.