ވިޔަފާރި

ދުވާލަކު އަންނަ ޓޫރިސްޓުން 2،900 ޓޫރިސްޓުންނަށް

Jan 20, 2021

ޓޫރިޒަމްގެ އެންމެ ޕީކް ދުވަސްވަރު ދިއުމާއެކު، އާއްމުކޮށް މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އަންނަނީ 2،900 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް އައިސްފައިވަނީ 55،727 ޓޫރިސްޓުންނެވެ. މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ މި މަހުގެ ދެވަނަ ދުވަހު އެވެ. އެ ދުވަހު 4،160 މީހުން އައިސްފައިވެ އެވެ. މިއީ އާ އަހަރު ފާހަގަ ކުރަން އައި ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމަކީ ރަޝިއާއިންނެވެ. އެ ގައުމުން 13،759 މީހުން އައިސްފައިވެ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ އިންޑިއާއިން ނެވެ. އެ ގައުމުން 9،932 މީހުން އައިސްފައިވެ އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ މީހުން އައިސްފައިވަނީ ޔޫކްރެއިން އިން ނެވެ. އެ ގައުމުން 4،975 މީހުން އައިސްފައިވެ އެވެ.

މިހާތަނަށް ރާއްޖޭގެ 587 ޓޫރިޒަމް ފެސިލިޓީގައި ހުރި 42،674 އެނދު ވަނީ އޮޕަރޭޝަން ގެނެވިފަ އެވެ.

ސަރުކާރުން މިހާރު އަންދާޒާކޮށްފައިވަނީ މި އަހަރު އެއް މިލިއަން ޓޫރިސްޓުން އަންނާނެ އެވެ. މިދިޔަ އަހަރު ޖުލައި 15 ގައި ބޯޑަރު ހުޅުވިފަހުން އައިސްފައިވަނީ 555،000 ޓޫރިސްޓިންނެވެ.