ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޝީލްޑްގެ ސިއްހީ މައްސަލަތައް ސާފުކޮށްދީފި

އޮކްސްފޯޑް އަދި އެސްޓްރަޒެނެކާއިން ލައިސެންސްދީގެން ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ހަދާފައިވާ ކޮވިޝީލްޑް ވެކްސިނުން ދިމާވެދާނެ ސިއްހީ މައްސަލަތައް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ސާފުކޮށްދީފި އެވެ.

ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒް އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެ ވެކްސިން ޖެހުމުގެ ތައްޔާރީތައް ރާއްޖޭގައި ފަށާފައިވާއިރު އެ ވެކްސިންގެ ރައްކާތެރިކަމާމެދު ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. ސިއްހީ ދާއިރާގެ ބައެއް ބޭފުޅުންނާއި އިންޑިއާގެ ސިއްހީ ހިދުމަތްތެރިންވެސް އެ ސުވާލު އުފައްދައެވެ.

އެ ވެކްސިނުން ދިމާވެދާނެ ސިއްހީ މައްސަލައަކީ ކޮބައިތޯ ސުވާލު ކުރުމުން އެޗްއީއޯސީން މިއަދު ބުނީ ކޮވިޝީޓް ވެކްސިން ޖެހުމުން ހުން އައިސް ވެކްސިން ޖެހި ތަނަށް ތަދުވާނެ ކަމަށެވެ. އަދި އެލާޖީއެއް ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއެވެ.

"މި ވެކްސިން ޖެހުމުން ހުން އައުން، ވެކްސިން ޖެހި ތަނަށް ތަދުވުން އަދި އެލާޖީ އެއް ވެދާނެ. ވެކްސިން ޖަހާ ކޮންމެ ތަނެއްގައިވެސް ބޮޑެތި ސައިޑް އިފެކްޓްތަކަށް ތިބޭނީ ތައްޔާރު ވެގެން،" އެޗްއީއޯސީން ނޫސްވެރިންގެ ސުވާލުތަކަށް ލިޔުމުން ދިން ޖަވާބުގައި ބުނެފައިވެއެވެ.

އެޗްއީއޯސީން މިއަދުވެސް ބުނީ މި ވެކްސިން ރައްޔިތުންނަށް ދެވޭނީ ރާއްޖޭގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލާ ހުރިހާ މިންގަޑުތަކަކަށް ބެލުމަށްފަހު އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީގެ ހުއްދަ ލިބުމުން ކަމަށެވެ. އިންޑިއާއިން މިއަދު ދީފައިވަނީ 100،000 ވެކްސިން ޑޯޒް ކަމަށާ އެ ވެކްސިން 50،000 މީހުންނަށް ދެވޭނެ ކަމަށެވެ. ވެކްސިން ދީފައިވަނީ ހިލޭ ކަމަށްވެސް ބުނެފައިވެއެވެ.

ވެކްސިންގެ 100،000 ޑޯޒް ލިބުނު ނަމަވެސް އާ ވެކްސިން އެއް ޖެހުމަކީ ބޮޑު ތައްޔާރީތަކެއް ވާންޖެހޭ ކަމެއް ކަމުން މި ވެކްސިން ޖަހަން ފަށާނީ ވާން ޖެހޭ ހުރިހާ ތައްޔާރީތައް ރަނގަޅަށް ވުމަށް ފަހު ކަމަށްވެސް އެޗްއީއޯސީން ބުންޏެވެ. މި ވެކްސިން ފުރަތަމަ ދޭނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކަރުންނަށެވެ. އެއަށް ފަހު އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އެފަހު 18-50 އަހަރުގެ މީހުންގެ ތެރެއިން ހައި ރިސްކް މީހުންނަށް ކަމަށާ އަދި ޓީޗަރުންނާއި ފުލުހުންނާއި ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްރެރިވާ މީހުންނަށް ކަމަށެވެ.

"މިވަގުތަށް ކުޑަ ކުދިންނާއި މާބަނޑު މީހުން ނުހިމެނޭ. ސަބަބަކީ މި ދެންނެވިފައިވާ ފަރާތްތަކުގެ ޓްރައަލްސް އަދި ނިމިފައި ނުވާތީ،"