ކުޅުދުއްފުށި

ކުޅުދުއްފުށި ހޮސްޕިޓަލްގެ ގަވަނިން ބޯޑް އެކުލަވާލައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަނިން ބޯޑް މިއަދު އެކުލަވާލާ އެ ބޯޑަށް މެންބަރުން އައްޔަން ކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާާގެ އޮފީހުން ބުނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަނިން ބޯޑް މިއަދު އެކުލަވާލާ އެ ބޯޑަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މެންބަރުން އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ބޯޑްގައި ހިމެނިވަޑައިގަންނަވަނީ ހދ. ކުޅުދުއްފުށި، ތަރި، އާމިނަތު ގާސިމް އާއި މ. ކެލްވީނިއާ ޑރ. އާމިނަތު ނަޒީރު އާއި ޏ. ފުވައްމުލައް ދޫޑިގަން، ޒީނިޔާ، މުއުމިނާ އަބްދުﷲ އާއި ހދ. ކުޅުދުއްފުށި، ހަނީމޫން، ހަސަން ޝުޖާއު އާއި ހދ. ކުޅުދުއްފުށި، މަޝާއިރު، އަބްދުއްލަތީފް ހަސަންގެ އިތުރުން ހދ.ކުޅުދުއްފުށި، ރޯމާ އަހްމަދު ދާއޫދު އެވެ. ބޯޑްގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރެއްވީ އާމިނަތު ގާސިމެވެ.