ޓޫރިޒަމް

ޓޫރިޒަމް ދާއިރާއިން ކިޔަވަން އޮންލައިން ކޯސްތަކެއް

ޓޫރިޒަމް ތަމްރީން ވާން ބޭނުންވާ ފަރާތްތަކަށް އޮންލައިން ކޮށް ކިޔަވައިދޭ ކޯސް ތަކެއް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ތައާރަފް ކޮށްފި އެވެ.

އެމްއައިޓީ އިން ވަނީ ޓޫރިޒަމް ސިނާއަތުން 10 ދާއިރާއެއް ފާހަގަކޮށް އެ ދާއިރާ އިން ގޭގައި ތިބެގެން ކިޔެވޭނެ ގޮތަށް ކޯސް ތަކެއް ތައާރަފު ކޮށްފަ އެވެ. މި ކޯސްތަކަށް ފީގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 1500 ރުފިޔާ އެވެ. ކޯހުގެ މުއްދަތަކީ ހަ މަސް ދުވަހެވެ.

އެމްއައިޓީގެ ކޯސްތައް

  • ނޭޝަނަލް ސެޓިފިކެޓް 3 އިން ވޯޓާ ސްޕޯޓްސް
  • ނޭޝަނަލް ސެޓިފިކެޓް 3 އިން ޕޭސްޓްރީ އެންޑް ބޭކަރީ
  • ނޭޝަނަލް ސެޓިފިކެޓް 3 އިން ސާފް ގައިޑިން
  • ނޭޝަނަލް ސެޓިފިކެޓް 3 އިން ސްނޯކްލް ގައިޑިން
  • ނޭޝަނަލް ސެޓިފިކެޓް 3 އިން ސްޕޯޓް ފިޝިން ގައިޑިން
  • ނޭޝަނަލް ސެޓިފިކެޓް 3 އިން ގެސްޓް ހައުސް އޮޕަރޭޝަން
  • ނޭޝަނަލް ސެޓިފިކެޓް 3 އިން އެއާޕޯޓް ރެފްރެޝްމަންޓް
  • ނޭޝަނަލް ސެޓިފިކެޓް 3 އިން ކޮމާޝަން ކުކަރީ
  • ނޭޝަނަލް ސެޓިފިކެޓް 3 އިން ފުޑް އެންޑް ބެވަރޭޖް
  • ނޭޝަނަލް ސެޓިފިކެޓް 3 އިން ލައިފް ގާޑިން

އެމްއައިޓީ އިން ބުނީ ދަރިވަރުން މި ކޯސްތަކަށް ރަޖިސްޓަރީ ވާ ހިސާބުން ކިޔެވުމަށް ބޭނުންވާ ހުރިހާ ހިދުމަތެއް އެ އިންސްޓިޓިއުޓްގެ ލާނިން މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށެވެ.

މި ކޯސްތަކުގައި ބައިވެރިވާން ބޭނުން ފަރާތް ތަކުން އެމްއައިޓީގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީ ވެވޭނެ އެވެ. އެމްއައިޓީގެ މި ކޯސް ފުރިހަމަކުރުމުން ލިބޭ ސަނަދަކީ ޓިވެޓް އޮތޯރިޓީންނާއި މޯލްޑިވްސް ކޮލިފިކެޝަން އޮތޯރިތީ (އެމްކިއުއޭ) ވެސް ގަބޫލުކުރާ ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ސެޓްފިކެޓެކެވެ.