ޔުވެންޓާސް

ނަޕޯލީ ބަލިކޮށް އިޓަލީގެ ސުޕަ ޔުވެންޓަސް ހޯދައިފި

ނަޕޯލީގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އިޓާލިއަން ސުޕަ ކަޕް ޔުވެންޓަސް ކާމިޔާބު ކޮށްފި އެވެ.

މި ތައްޓާކީ ޔުވެންޓަސްގެ ކޯޗް އެންޑްރެއާ ޕިރްލޯ ކޯޗެއްގެ ގޮތުގައި ހޯދި ފުރަތަމަ ތައްޓެެވެ. މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބު ކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ރޭ ކާމިޔާބު ކުރި ލަނޑަކީ އޭނާގެ ކެރިއާގައި ޖެހި 760 ވަނަ ލަނޑެވެ.

ފެންނާން ހުރި ރިޕޯޓްތައް ބުނާ ގޮތުން، ރޮނާލްޑޯ ވަނީ ކެރިއާގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމަށް ޖެހިލާފަ އެވެ. ރޮނާލްޑޯއަށް ވުރެ ކުރީގައި ކުރިން އޮތީ، މިދިޔަ ގަރުނުގެ މެދުތެރޭގައި މަޝްހޫރުވި ޗެކްރިޕަބްލިކްގެ ޖޯސެފް ބީކަން އެވެ. ޕޯޓްތައް ބުނާ ގޮތުން 1931 ން 1955 ށް ފުޓްބޯޅަ ކުޅުނު ބިކާން ވަނީ، އޭނާގެ ކެރިއަރުގައި 759 ގޯލް ޖާހަފަ އެވެ.

މެޗުގެ 80 ވަނަ މިނެޓްގައި ނަޕޯލީއަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ޕެނަލްޓީ އެއް ލިބުނު ނަމަވެސް އެ ފުރުސަތު ބޭކާރުވީ އެވެ. ލިރޮއީ އިންސީނިއާ ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ. މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ދެއްކި ފަސް މިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓްގައި ޔުވެންޓަސްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އަލްވާރޯ މޮރާޓާ އެވެ.