ހަބަރު

ވަދާ ދިޔަ މީހަކު ގެއްލިގެން ހޯދަނީ

Jan 21, 2021
1

ވަދު އަޅައިގެން މަސް ބާނަން ގޮސް އުޅުނު ދުވަސްވީ މީހަކު ދޯންޏާއެލު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 18 ފޫޓުގެ ރިޔާ ދޯންޏެއްގައި ކ. މާފުށިން މަހަށް ދިޔަ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުން ގެންދާ ކަމަށެވެ. ސިފައިން އޭނާ ހޯދަން ފެށީ އޭނާގެ ހަބަރެއް ނުވެގެނެވެ. މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު ފަހު އެވެ.

އެ މީހާ މަހަށް ފުރީ ފަތިހު 5:30 އެހާކަންހާއިރު އެވެ. އޭގެ ފަހުން މިވަގުތާއި ހަމައަށް އޭނާގެ އެއްވެސް ހަބަރެއް ނުވެ އެވެ. ގެއްލިގެން ހޯދަމުންދަނީ ކ. މާފުށި، ޝޭޑީ ގްލޯވާ، އަހުމަދު އާދަމް މަނިކެވެ.

ރަށްރަށުގައި ފަތިހު ކުދި ބޮއްކުރާފަހަރުގައި ވަދާ ނިކުމެ އުޅުމަކީ އާންމު ކަމެކެވެ.