ކުޅިވަރު

ގޭމް ލީގް މިއަދު "ކޯލް އޮފް ޑިއުޓީ" އަށް

Jan 22, 2021

ރާއްޖޭގެ ގޭމް ލީގް (އެމްވީޖީއެލް) ގެ މި ހަފުތާގެ ގޭމް "ކޯލް އޮފް ޑިއުޓީ" އަށް ހާއްސަ ކޮށްފި އެވެ.

އީސްޕޯޓްސްއަށް ހާއްސަ ކޮށްފައިވާ ގޭމް ލީގްގެ ފުރަތަމަ ސީޒަންގެ ތިން ވަނަ ހަފުތާގެ ގޭމް ކޮމްޕޓީޝަން މިއަދު އޮންނާނެ އެވެ. މި ގޭމްގައި ހަ ޓީމެއް، 30 ޕްލޭއާސް ބައިވެރިވެ އެވެ. ހަ ޓީމުގެ މެދުގައި ލީގް ފޯމެޓުން ކުޅުމަށް ފަހު، އެންމެ ގިނައިން ސްކޯ ކުރާ ގަދަ ހަތަރު ޓީމު ދަތުރު ކުރާނީ ނޮކައުޓަށެވެ. ފަށާނީ މިއަދު 3:00 ޖަހއިރު އެވެ.

ކޮންމެ މެޗެއް ނުވަތަ ކޮންމެ ގޭމެއްގައި ތަފާތު ތިން މޯޑެއްގައި ކުޅޭނެ އެވެ. ކޮންމެ މޯޑެއްގައި ތިން ބުރު ކުޅޭނެ އެވެ. ފުރަތަމަ ޕޭސްގެ ގޭމް ވާނީ އުނދަގޫ ބުރަކަށެވެ. މެޗުން މޮޅު ވާނީ ތިން މޯޑްގެ ތެރެއިން ދެ މޯޑް ކާމިޔާބު ކުރާ ޓީމެކެވެ. މެޗުތަކަށް ގިނަ ވަގުތު ހޭދަ ވުމުގެ ފުރުސަތު އޮންނާނެތީ، މާދަމާ ވެސް ބައެއް ކުރިއަށް ގެންދަން ވަނީ ތައްޔާރުވެފަ އެވެ.