ޓޫރިސްޓް އެރައިވަލް

މިހާތަނަށް 60،000 ޓޫރިސްޓުން އަތުވެއްޖެ

މިއަހަރުގެ މިހާތަނަށް 60،000 ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން އަހަރުގެ ފުރަތަމަ 21 ދުވަސްތެރޭ ރާއްޖެ އައީ 60،581 ޓޫރިސްޓުންނެވެ. މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ. އެ ގައުމުން 13،880 މީހުން އައިސްފައިވެއެވެ. ދެން އެންމެ ގިނަ ބަޔަކު އައީ އަވައްޓެރި އިންޑިއާއިންނެވެ. އިންޑިއާއިން 10،623 މީހުން އައިސްފައިވާއިރު ޔޫކްރޭނުން 5،020 މީހުން އަދި ކަޒަކިސްތާނުން 3،023 މީހުން އައިސްފައިވެއެވެ. ފްރާސްއިން 2،252 މީހުން، ރޫމޭނިއާއިން 2،242 މީހުން، އަދި ޖަރުމަނުން 1،365 މީހުން ރާއްޖެ އައިސްފައިވެއެވެ.

މިއަހަރުގެ ފުރަތަަމަ ދުވަހު ރާއްޖެ އައިސްފައިވަނީ 2005 ޓޫރިސްޓުންނެވެ. ދެވަނަ ދުވަހު 4،160 ޓޫރިސްޓުން އަދި ތިންވަނަ ދުވަހު 4،195 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ. ހަތަރުވަނަ ދުވަހު 2646 ޓޫރިސްޓުން، ފަސްވަނަ ދުވަހު 2،672 ޓޫރިސްޓުން އަދި ހަވަނަ ދުވަހު 2،408 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ.

މިދިޔަ 2020 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 555،399 ޓޫރިސްޓުންނެވެ. މިއަހަަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.