ހއ. ހޯރަފުށީގެ ތިން ސަރަޙައްދެއްގައި ރައްކާކޮށްފައިހުރި މަސްތުވާތަކެތި ހޯދައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުންގެ ބުނީ މި މައްސަލައާ ގުޅިގެން ބޮޑު މީހަކާއި ކުޑަ ކުއްޖަކު ހައްޔަރުކޮށްފައިވަ ކަމަށާއި އެމީހުން ހައްޔަރުކޮށްފައިވަނީ ރޭގައި ކަމަށެވެ. މި ދެ މީހުންނަކީ ވެސް ކުށުގެ ރިކޯޑް އޮންނަ މީހުންނެވެ.
މި މައްސާގައި ހޯރަފުށީގެ ތިން ސަރަޙައްދެއް ބަލައިފާސް ކުރި އިރު އެތަންތަނުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.