ލައިފްސްޓައިލް

ތުނބުޅިލީ މީހުން ލޯބިވެރިޔާ އަށް އޮޅުވާލާ: ދިރާސާ

Oct 26, 2015
19

މިއީ ކޮން ކަހަލަ ދިރާސާއެއް ހެއްޔެވެ؟ އަޖައިބެއް ކަހަލަ ދިރާސާއެއް ނޫންތޯ އެވެ؟

އެކަމަކު މިއީ ކުރި ދިރާސާއެކެވެ؛ އެއިން ދައްކާ ގޮތުން ލޯބިވެރިޔާ އަށް ނުވަތަ އެކުގައި އުޅޭ ބައިވެރިޔާ އަށް އޮޅުވާލުމުގެ ރޭހުގެ ކުރިން ޖާގަ ދީފައި ވަނީ ތުނބުޅިލީ މީހުންނަށެވެ. މި ދިރާސާ މިހެން އޮތް އިރު ކުރީގެ ބައެއް ދިރާސާތަކުން އެނގިފައިވާ ގޮތުން ފިރިހެނުން ތުނބުޅި ދިއްކުރަނީ އަންހެނުންގެ ޝައުގުވެރިކަން އަތުލާށެވެ.

އަލަށް ހެދި ދިރާސާއެއްގެ ނަތީޖާ ނުކުތް ގޮތުން، ލޯބި ހާސިލުކުރަން ތުނބުޅި ދިގުކޮށްގެން އުޅޭ ޒުވާން ފިރިހެން ކުދިންނަށް ހިތް ދޫކޮށްލުމުގެ ކުރިން އަންހެން ކުދިން އެމީހުން ލައްވައި "ދޮގު ހަދާތޯ ބަލާ" ޓެސްޓެއް ކުރަން ޖެހޭނެއް ނޫން ހެއްޔެވެ؟

މަޝްހޫރު ވީޑިއޯ ސޯޝަލް ނެޓްވޯކެއް ކަމުގައިވާ އިވާ އިން ކުރި މި ދިރާސާއެއްގައި ބައިވެރިވި ތުނބުޅި ލީ ފިރިހެނުންގެ ތެރެއިން 47 ޕަސެންޓް މީހުން ވަނީ އެމީހުންގެ ލޯބިވެރިންނަށް ނުވަތަ ބައިވެރިންނަށް އޮޅުވާލައި ލޯބީގައި ކެހި ދީފައިވާ ކަމަށް އެއްބަސްވެފަ އެވެ.