ގިނަ އަދަދެއްގެ ސިފައިންނަށް މަގާމުގެ ކުރިއެރުން ދޭން ނިންމައިފި އެވެ.
ސިފައިންނަށް ޕްރޮމޯޝަން ދިނުމާއި ގުޅޭ ސިޓީތަކުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވަނީ ސޮއި ކުރައްވާފަ އެވެ. މިނިސްޓަރު މާރިޔާ އެ ސިޓީތަކުގައި ސޮއި ކުރައްވާ ފޮޓޯއެއް މިހާރު ވަނީ އާންމުވެސް ކޮށްފަ އެވެ.
ސިފައިންނަށް ލިބޭ ޕްރޮމޯޝަން އާއެކު ޕްރޮމޯޝަން ލިބޭ ސިފައިންނަށް މުސާރައިގެ ކުރިއެރުން ލިބިގެން ދާނެ އެވެ. މިދިޔަ އަހަރުވެސް ބައެއް ސިފައިންނަށް ވަނީ މަގާމުގެ ކުރިއެރުން ދިނެވެ.
ސިފައިންނަށް ޕްރޮމޯޝަން ދެނީ ގާބިލް މީހުން ދެނެގަތުމަށް ފަހު ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައި ވެއެވެ.