ޖެޓް ސްކީއެއްގައި ފުރި ދެ ދިވެއްސަކު ގެއްލިއްގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ. ދެމީހުންގެ ހާލު ރަނގަޅެވެ.
ސިފައިންގެއިން މިރޭ ބުނީ ޖެޓް ސްކީއެއްގައި ފުށިފަރު ރިސޯޓުން ފުރި ދެ ދިވެހިން ގެއްލިއްގެން ރިޕޯޓް ކުރިފަހުން އެ މީހުން ހޯދަނިކޮށް ފެނިފައިވާ ކަމަށެވެ. ޖެޓްސްކީގައި ތިބީ އަންހެނަކާއި ފިރިހެނެކެވެ. އެއީ އެ ރިސޯޓްގެ ދެ މުވައްޒަފުންނެވެ.
އެ ދެ މީހުން ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓް ކައިރިންނެވެ. އެ މީހުން ޖެޓްސްކީއާއެކު އޮޔާ ދިޔައީ އޭގެ އިންޖީނު ހުއްޓިގެނެވެ.