ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލަންކާ ހެލްތު މިނިސްޓަރު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ލަންކާއަކީ ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ކޮވިޑް ފެތުރޭ ގައުމެކެވެ. ލަންކާގައި އާންމު ގަބޫ ލުކުރުމަކީ ކޮވިޑްގައި މަރުވާ މީހުން ވަޅުލުމުން އެމީހުންގެ ގައިން ފައިބާ ދިއަ ފެން ފަށަލައަށް ފޭއްދި އަދި އެ ފެން ބޯ މީހުންނަށް ބަލި ޖެހުމެވެ. ކޮވިޑް ބަލި ފަސޭހަ ވުމަކީ ވެސް ލަންކާގައި ހަމަ އެހާ ފަސޭހައިން ކުރެވޭ ކަމަށެވެ.

ލަންކާގެ ހެލްތު މިނިސްޓަރު ޕަވިތްރާ ވަންނިއަރައްޗީއަށް ވެސް މިހާރު ވާނީ ކޮވިޑަށް ފަރުވާ ކުރަން ޖާދޫވީ ޖޫސް ހިއްޕެވެމުން ވާގޮތް ތަޖުރިބާ ކުރެއްވިފަ އެވެ. ލަންކާއިން ޚަބަރު ލިބޭ ގޮތުގައި އެކަމަނާއަށް ކޮވިޑް ޖެހިގެން މިހާރު ވަނީ އައިސޮލޭޓް ކޮށްފަ އެވެ. އަދި އެކަމަނާގެ ކައިރިފަށުގައި އުޅުނުހާ ބަޔަކު ވެސް ވަނީ އެކަހެރި ކުރެވިފަ އެވެ.

ކޮވިޑް ނޫނަސް އާންމު ހާލަތު ހެޔޮ މަގަށް އެޅުވުމުގައި އިސް ސަފުގެ ވެސް ކުރިގައި އުޅުއްވަން ޖެހިވަޑައިގެންފައި ވަނީ ކޮންމެ ގައުމެއްގެ ވެސް ހެލްތު މިނިސްޓަރެވެ. އެކަމަކު ލަންކާ ހެލްތު މިނިސްޓަރު އާންމުންގެ ކުރިމަތީގައި އުޅުއްވާފައި ވަނީ ކޮވިޑަކީ ޖާދުވީ ފަރުވާއަކުން ފަސޭހަ ކުރެވޭ ބައްޔެއް ކަމަށް ބުނެ ދެއްވުމަށެވެ. ކޮވިޑަށް އޮތް ފަރުވާއަކީ މާމުއި ފޮދެއްގެ ތެރެއަށް ފޮނިތޮށި މުގުރާފައި އަޅާލުން ފަދަ ފަސޭހަ ކަމެއް ކަމަށް ދެއްކެވުމަށެވެ. އެކަމަނާ ވަނީ ކޮވިޑް ނުޖެހޭނެ ކަމަށް ބުނެ މީހަކު ދެއްކިހާ އެއްޗެއް ހިއްޕަވާފަ އެވެ.

ހެލްތު މިނިސްޓަރު ދެއްކެވި މަގުން މި ޖޫސް ބުއި އެތައް ބަޔަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރޭގައި ސިޔާސީ ލީޑަރުން ވެސް ހިމެނެ އެވެ. ލަންކާ ނޫސްތައް ބުނާ ގޮތުގައި އެކަމަނާގެ އާއިލާގެ ބައެއް މެންބަރުންނަށް ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ.

ލަންކާގައި ކޮވިޑް ޖެހޭ އަދަދު އަދި ހަމައަކަށް އެޅޭތީ ނުފެނެ އެވެ. މިހާތަނަށް 57،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައި ވާއިރު 278 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.