އިނގިރޭސި ވިލާތުގެ ލެސްޓާޝާގައި އިމާރާތް ކޮށްފައިވާ، ލެސްޓާ ސިޓީގެ ޓްރޭނިން ސެންޓަރުގައި ފުލު ސައިޒް ފުޓްބޯޅަ ދަނޑުގެ 14 ޕިޗް އެބައޮތެވެ. ކޯޗް ބުރެންޑެން ރޮޖާސް ބޭނުން ގޮތަކަށް ޓީމު އަތުރާލައި ޓްރޭނިން ޑްރިލް ކުރިއަށް ގެންދިއުމުގެ ހުރިހާ ފުރުސަތެއް އޭނާއަށް އެބައޮތެވެ.
ޗެމްޕިއަންސް ލީގްގެ ޖާގަ ހޯދުމަށް ޓީމަކުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ލެސްޓާގެ ޓްރޭނިން ސެންޓަރުން ލިބޭނެ އެވެ. ވިނަގަނޑުގެ ބޭރަށް ޖެހިލިޔަސް ދެން ހުރި ފުރުސަތުތަކާ ރޮޖާސްއަށް ހާއްސަ ކޮށްފައިވާ އޭނާގެ އޮފީހުން ފެށިގެން ސްކޮޑް ތައްޔާރު ކުރާނެ ގޮތުގެ ހުރިހާ އިންތިޒާމުތަކެއް 136 މިލިއަން ޑޮލަރުގެ އަގުހުރި ޓްެރޭނިން ސެންޓަރުގައި ގާއިމު ކޮށްފައި ވެއެވެ.
ރޮޖާސް ބޭނުންވާ ގޮތަށް އޭނާގެ ވިސްނުމާއެކު ޓީމެއް ބިނާ ކުރުމުގެ ފުރުސަތު މިހާތަނަށް އޭނާއަށް ފޯރުކޮށް ދިން ކުލަބަކަށް ލެސްޓާ ވާނެ އެވެ. އެހެން ކުލަބުތަކުގައި ކޯޗުން ކުޅުންތެރިންނާ ބާއްވާ ޕްރޮފިޝަނަލް ދުރުމިނެއް، ލެސްޓާގައި ރޮޖާސް ނުބާއްވަ އެވެ.
ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޖޭމްސް މެޑިސަން ބުނެފައި ވަނީ، އެޓޭކިން މިޑްފީލްޑަރުންނާއެކު ރޮޖާސް އެނަލިޓިކަލް ހާއްސަ ސެޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ. ބޭނުމަކީ އޭނާގެ ވިސްނުމާ އެއްގޮތަށް ކުރިއަރުވަން ޖެހޭ ދާއިރާތައް ދެނެގަތުމެވެ. ޕްރޮފެޝަނަލް ގިންތިން ކިރާނަމަ އެފަދަ ސެޝަނެއް ކުރިއަށް ގެންދަން ޖެހޭ ޓީމުގެ ހައިރާކީ އަކީ ޓީމުގެ އެނަލިސްޓް ޖެކް ލަޔަންސް އެވެ.
ސެލްޓިކްގައި ރޮޖާސް ހޭދަ ކުރިއިރު، އެ ޓީމުގއި ވެސް ޖެކް މަަސައްކަތް ކުރި އެވެ. އޭނާގެ މަސައްކަތާ މެދު، ރޮޖާސްވެސް ހިތްހަމަ ޖެހުން އޮވެ އެވެ. އެ ސެޝަން ރޮޖާސް ގެންދިޔައީ ވެސް ޖެކްވެސް ބައްދަލުވުމުގެ ހަވާސާގައި ބައިންދައިގެންނެވެ.
"އަަހަންނާއި ކޯޗާ [ރޮޖާސް] އާއި ޖެކް އިށީންދެ ތިބެ އަހަރެމެން ބެލީ ކިހިނެއްހޭ އަހަރެމެންނަށް ގިނަ ގޯލްތަކެއް ޖެހޭނީ ތަންކޮޅެއް ފަހަތައް ފައިބައިގެން ތިބެ،" މެޑިސަން ބުންޏެވެ. "އަހަރެން ކުޅުނީ ނަންބަރު އަށެއްގެ ރޯލެއް. އަހަރެމެން ބެލީ ބޮކްސްގެ ތެރެއަށް ބޯޅަ ބުރޭކް ކުރާނެ ގޮތެއް. އަދި ބޯޅަ ޖެހޭނެ ހިސާބު ބަލައި އެބޯޅައަށް މަސައްކަތް ކުރާނެ ހޮތެއް .
"އަހަރެން ގޯލް ޖެހިން އަދި އެސިސްޓް ވެސް ކުރިން އަދި އެންމެން ދައްކަނީ އަހަރެންގެ ވާހަކަ. އެއީ އަހަރެންގެ ގޭމް އިމްޕްރޫވް ކުރުމަށް އަހަރެން ބަލާ ކަމަކީ."
މެޑިސަން އަކީ، އެކި މަގާމުތަކަށް ހާނާ ލެވޭ ކުޅުުންތެރިޔެކެވެ. ރޮޖާސް ބެލީ އޭނާގެ ބޭނުން އެންމެ ފަސޭހައިން ހިފެނޭ ދާއިރާއަށެވެ. އެނަލިޓިކަލް ބައްދަލުވުމުގައި ރޮޖާސް ނެރެން ބޭނުންވި ޕްލޭން މެޗުގައި ފެނުނެވެ.
"އަހަރެމެންގެ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް އަދި މިދިޔަ ހަފުތާތަކުގައި ޕާސަނަލް ވާހަކަތައްވެސް އަހަރެމެން ދައްކާލިން،" ކުޅުންތެރިންނާއި އޭނާ އާ ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުން ރޮޖާސް މިދިޔަ މަހު ބުނެފައި ވެއެވެ. "އޭނާ [ޖޭމްސް މެޑިސަން] ވަރަށް ބޮޑަށް ބަލާަ އޭނާގެ ޕްރޮފިޝަން އާއި އޭނާގެ ހުނަރަށް. އޭނާ އަށް އެނގޭނެ އޭނާގެ ފަހަތުގައި އެއްބާރުލުން ދޭން އަހަރެން ހުންނާނެކަން އަދި އަހަންނަށް އެނގޭ އޭނާ އަކީ މި ގައުމު [އިންގްލެންޑް]ގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެއް ހުނަރުވެރިޔާ އަކީ އޭނާކަން."
ހާވީ ބާންސް އަކީ ލެސްޓާގައި ކުރިއެރުން ހޯދަމުން އަންނަ އަނެއް ކުޅުންތެރިޔާ އެވެ. ބާންސް އަށް ހާއްސަ ސަމާލުކަމެއް ލެސްޓާގެ ކޯޗިން ސްޓާފުންނާއި ރޮޖާސް ދޭ ކަމުގެ އިހްސާސް ބާންސްއަށް ވަނީ ވިސްނައި ދީ އަންގައި ދީފަ އެވެ. އޭނާގެ ގޭމްގެ ހުނަރު ތަރައްގީ ކުރެވޭނެ އިތުރު ގޮތްތަކީ ކޮބައިތޯ ބެލުމަށް ޓްރޭނިންތަކުގައި ހާއްސަ ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.
"އޭނާ ވަރަށް ބަލާ އޭނާ އަށް އިތުރަށް މަސައްކަތް ކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލައިގެން، ބައެއް ފަހަރު އަހަރެންނާ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާނެ ނުވަތަ ޓީމުގެ އެހެން ކޯޗެއްގެ ކައިރީ އިށީންދެ އިނދެގެންވެސް އޭނާ އަހާނެ،" ބާންސް އާ ބެހޭ ގޮތުން ރޮޖާސް ވާހަކަ ދެއްކި އެވެ. "އޭނާ ބޭނުންވާ ކަމަކީ އިތުރަށް ކުރިއެރުން ހޯދުން. އޭނާގެ ފިނިށިން ވަރަށް ބޮޑަށް ކުރިއެރުން ހޯދަފައިވާތަން މި ސީޒަންގައި ފެންނާނެ."
ރޮޖާސް ފުރަތަމަ ލެސްޓާ އާ ހަވާލުވިއިރު އޭނާ އަށް ފާހަގަ ކުރެވުނު ކަމަކީ އޭނާ ބޭނުންވާ އެގްރެސިވް ރަނިން ސްޓައިލް ގޭމް ކުޅެން ލެސްޓާގެ ބައެއް ކުޅުންތެރިން އެކަށީގެންވާ ވަރަށް ފިޓް ނުވާ ކަމެވެ. މެޑިސަން ބުނީ ރޮޖާސް އަބަދުވެސް އެ ގޭމަށް ބާރު އަޅާ ކަމަށާއި އެ ސްޓައިލަށް ކުޅެން ކުޅުންތެރިންގެ ސައިކޮލަޖިކަލީވެސް ރޮޖާސް ތައްޔާރު ކުރާ ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގްގައި، ކުރިން މަޝްހޫރު ވެފައި އޮންނަ ގަދަ ފަސް ކުލަބުގެ ވާހަކަތައް ފަނޑުވީވެސް ލެސްޓާގެ ސަބަބުންނެވެ. އިނގިރޭސި ޕްރިމއާ ލީގްގެ ޗެމްޕިއަންކަން 2016 ވަނަ އަހަރު އެންމެން ހައިރާން ކޮށްލާފައި އެ ޓީމު ހޯދި ހިސާބުން ގަދަ ފަސް ކުލަބުގެ ޑޮމިނޭޝަނަށް ނިމުން އައެވެ.
އެ އަހަރުގެ ލީގް ހޯދި ފަހުން ލެސްޓާގެ ޑޮމިނެންސް ނިމުނީ ކަމަށް ބެލެވުނު ނަމަވެސް، މަޝްހޫރު ގަދަ ފަހެއްގެ ތެރޭގައި ލެސްޓާ ވާދަ ކުރާތަން ފެނެ އެވެ. މިދިޔަ ސީޒަނާއި މި ސީޒަންގައިވެސް ރޮޖާސް ދަނީ އެކަން ދަމަހައްޓަމުންނެވެ. މި ސީޒަނަށް އޭނާގެ ވިސްނުން އެންމެ ބޮޑަށް ގެންގުޅެނީ ޗެމްޕިއަންސް ލީގްގެ ޖާގަ ހޯދުމަށެވެ.