ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ސިނަމާތައް ހުޅުވަން ހުއްދަދީފި

Jan 24, 2021
3

ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ސިނަމާތައް، އަހަރެއްހާ ދުވަސް ފަހުން މާދަމާ އިން ފެށިގެން އަލުން ހުޅުވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދީފި އެވެ.

ރާއްޖޭން ކޮވިޑް-19 އިގެ ކޭސްތައް ފެންނަން ފެށުމާއެކު، އެ ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން ސިނަމާތަކާއި ތިއޭޓަރުތައް ބަންދުކުރަން އެންގީ މިދިއަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، 16 މާޗް 2020 ވަނަ ދުވަހު ސިނަމާތައް ބަންދުކުރަން އެންގި އެންގުން ބާތިލުކޮށް، ރައްކާތެރިކަމާއެކު ސިނަމާ ހޯލްތައް ހިންގުމާއި ބޭނުންކުރުމުގެ އުސޫލާ އެއްގޮތަށް، މާދަމާ އިން ފެށިގެން އަލުން ހުޅުވާލުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.