ހަބަރު

"ކަރިޓަސް އިޓާލިއާނާ"ގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއަށް ކުރާ މަސައްކަތް އެހީވާން 2010 ވަނަ އަހަރު ރާއްޖެއާއި ކަރިޓަސް އިޓަލިއާނާއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، އެއްބަސްވުން އާ ކުރަން ނިންމީ، އެ އެއްބަސްވުމުގެ ސަބަބުން މިހާތަނަށް ސިއްހީ ދާއިރާއަށް ގިނަ ކާމިޔާބީތަކެއް ލިބިފައިވާތީ ކަމަށެވެ.

ކަރިޓަސް އިޓަލިއާނާ އަކީ ތަފާތު އެކި ދާއިރާތަކުގެ ތަރައްގީއަށް ބައިނަލް އަގުވާމީ ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދޭ އިޓަލީގެ ޖަމިއްޔާ އެކެވެ.

އެ ޖަމުއިއްޔާއާ އެކު ރާއްޖެއިން ސޮއިކުރީ، 3 މާޗު 2013 ގަ އެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވަނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މި އެއްބަސްވުމުގެ މުއްދަތު މިއަދު އިތުރުކުރީ 30 ޖޫން 2017 އަށެވެ.

ކަރިޓަސް އިޓަލިއާނާ އިން ހިންގާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި 2013 ވަނަ އަހަރު ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގާއިމްކުރި ނިޔިނޭޓަލް އިންޓެންސިވް ކެއާ ޔުނިޓާއި، ދަމަނަވެއްޓާއި، ކުޅުދުއްފުށީގައި ހުންނަ އުފަންހިޔާ މަސައްކަތް ހިމެނެ އެވެ.