ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގުރުއާން އަދި ޓިއުޝަން ކްލާސްތަކަށް ހުއްދަ ދީފި

Jan 24, 2021
2

ކޮވިޑް-19 އާ ގުޅިގެން ބަންދުކުރަން އެންގި ގުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް އަލުން ހުޅުވުމުގެ ހުއްދަ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ދީފި އެވެ.

ރާއްޖޭން ކޮވިޑް-19 އިގެ ކޭސްތައް ފެންނަން ފެށުމާއެކު، އެ ބަލި ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ އިތުރުން ގުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް ބަންދުކުރަން އެންގީ މިދިއަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޓިއުޝަނާއި ގުރުއާން ކްލާސްތައް ހުޅުވައި ހިންގުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އެހެންކަމުން، އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޓިއުޝަނާއި ގުރުއާން ކްލާސްތައް މިއަދުން ފެށިގެން ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަ ވަނީ ދީފަ އެވެ.

"މި ތަންތަން ހިންގަންވާނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އެންމެހާ އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކަމުގައި ދެންނެވިން،" އެ އިއުލާނުގައިވެ އެވެ.

ގިނަ މަސްތަކަކަށްފަހު ދަރިވަރުން ސުކޫލުތަކަށް ހާޒިރުވެ ކިޔަން ފަށާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ޓިއުޝަން ކްލާސްތައް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާއިރު، ސިނަމާތަކާއި ތިއޭޓަރުތައް އަލުން ހުޅުވުމުގެ ހުއްދަވެސް މިއަދު ވަނީ ދީފަ އެވެ.