ކެފޭ ރެސްޓޯރެންޓް

ސައިހޮޓާ، ކެފޭ މެންދަމު 1 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެނެސްފި އެވެ.

އެ މިނިސްޓްރީން ދެންމެ ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، މިއަދުން ފެށިގެން، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން މެންދަމު 1:00 އަށެވެ.

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން ވެސް ވަނީ އަންގާފައެވެ.

މިއަދާ ހަމައަށް ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓްތައް މެންދަމު 12 ޖަހާއިރު ބަންދު ކުރަން ޖެހެއެވެ.