ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގައި 86 އަހަރުގެ ދިވެއްސެއް މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން 86 އަހަރުގެ ދިވެއްސެއް މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނީ ކޮވިޑް ޖެހިގެން މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ ދިވެހި ފިިރިހެނެކެވެ. އޭނާ މަރުވީ މިއަދު ހަވީރު 4:27 ގައެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 51 ވަނަ މީހާއެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ 43 ދިވެހިންނާއި 8 ބިދޭސީއެކެވެ. މިވަގުތުވެސް 77 ހަތް މީހަކަަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ.

ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް މިދުވަސްވަރު އިތުރުވަމުންދާއިރު މިހާތަނަށް 14،885 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އޭގެ ތެރެއިން 13،813 މީހަކު ވަނީ ފަސޭހަވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 1015 އެވެ.