ދީނީ އިލްމުވެރިން

ޝެއިހު ރަޝީދު އައިޔޫއެމްގައި ޕީއެޗްޑީ ހައްދަވައިފި

Jan 25, 2021
11

ކުރީގެ ޖަސްޓިސް މިނިސްޓަރު އަދި އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދު އިބްރާހިމް ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގައި ޕީއެޗްޑީ ހާސިލް ކުރައްވައި އެ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލް ކުރެއްވެވި ފުރަތަމަ ބޭފުޅަކަށް ވެވަޑައިގެންފި އެވެ.

ރާއްޖޭގެ އިސްލާމީ ކަންތަކަކާބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަދި "ބޮޑު ޝައިހު" ގެ ގޮތުގައި މަޝްހޫރުވެ ވަޑައިގެންފައިވާ ވަރުގަދަ އިލްމުވެރިޔާ އައިޔޫއެމްގައި ޕީއެޗްޑީ ތީސިސް ހެއްދެވީ ފިގްހު އަދި އުސޫލުލް ފިގުހުގެ ތެރެއިން ރާއްޖޭގައި އާއިލީ މައްސަލަތަކާއި އޭގެ ހައްލު މައްޗަށެވެ.

ޕީއެޗްޑީގެ ފަހު މަރުހަލައިގެ އިމްތިހާނުން އެ މަނިކުފާނު ވަނީ އިއްޔެ ފާސްވެވަޑައިގެންފަ އެވެ.

ފުވައްމުލަކަށް ނިސްބަތްވެ ވަޑައިގަންނަވާ މިހާރު އުމުރުފުޅުން 78 އަހަރު ވެފައިވާ ކުރީގެ ވަޒީރަކީ ސައުދީ އަރަބިއްޔާއިން މަތީ ތައުލީމު ހާސިލު ކުރެއްވި ބޭފުޅެކެވެ. ތައުލީމް ހާސިލް ކުރައްވަން އަމިއްލަފުޅަށް ރާއްޖެއިން ބޭރަށް ވަޑައިގެން ވަރަށް ދިގު މުއްދަތެއް ބޭރުގައި އޭނާ ހޭދަ ކުރެއްވި އެވެ.

އައިޔޫއެމް އިން، ތިން ބެޗެއްގައި 28 މީހަކު އެޗްޑީ އަށް ކިޔަވައެވެ. ރަޝީދުގެ އިތުރުން މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވެސް ވަނީ ޕީއެޗްޑީ ތީސިސް ނިންމަވައި ހުށަހަޅުއްވައިފަ އެވެ.