ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

މަރުވަނީ ކަމަށް ހިތާ ކައިވެނިކުރުމުން ލިބުނީ އާ ހަޔާތެއް

އެލިޒަބަތު ކޭރް އާއި ސައިމަން އޯބްރިއަން އަކީ އިނގިރޭސިވިލާތުގެ ދެ ލޯބިވެރިންނެވެ. އެމީހުން ކައިވެނިކުރަން ހަމަޖެހިފައި އޮތީ ފާއިތުވީ 2020 ވަނަ އަހަރުގެ ޖޫން މަހު އެވެ. ނަމަވެސް ދެ މީހުންނަށް ވެސް ކޮވިޑް-19 ޖެހުނީ އެވެ. ބަލި ހާލި ބޮޑުވެގެން މިލްޓަން ކޭންސް ޔުނިވަސިޓީ ހޮސްޕިޓަލަށް ދެ މީހުން ގެންދިޔައީ އެއް އެމްބިއުލެންސްގަ އެވެ. އޭރު އެމީހުންގެ އޮކްސިޖަން ލެވެލް ހުރީ ފުރާނައަށް ނުރައްކާވާ ވަރަށް ދަށަށް ގޮއްސަ އެވެ.

ހޮސްޕިޓަލުގައި ދެ މީހުންނަށް ވެސް އޮކްސިޖަން މެޝިން ގުޅި އެވެ. އަދި މުޅިން ދެ ވޯޑެއްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށި އެވެ.

އެލިޒަބަތު އަކީ އޭނާ އެޑްމިޓްކޮށްފައި އޮތް ހޮސްޕިޓަލާ ކައިރީގައި ހުރި ބަކިންހަމް ހޮސްޕިޓަލުގައި ނަރުހެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އަދި އޯ ބްރިއަން އަކީ ވެސް އެ ހޮސްޕިޓަލުގެ މެޑިކަލް ސްޓާފެކެވެ. ދެ މީހުންނަށް ވެސް ކޮވިޑް ޖެހުނީ ފްރަންޓްލައިންގައި ކޮވިޑް ބަލި މީހުންނަށް ޚިދުމަތް ކުރުމުގައި އުޅެނިކޮށެވެ.

އެހެންވެ އެމީހުން އެޑްމިޓްކޮށްފައި އޮތް ހޮސްޕިޓަލުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ހިތުގައި ވެސް މި މީހުންނަށް ޚާއްސަ ގަދަރެއް ދެވިފައި ވެއެވެ. އަދި އެމީހުން ބަލިވީ ކައިވެނި ކުރަން ތައްޔާރުވެފައި ވަނި ކޮށްކަން ބައެއް ނަރުހުންނަށް އެނގުނެވެ. އަދި ހޮސްޕިޓަލުގައި އޮވެގެން ކައިވެނިކުރަން ބޭނުންތޯ ނަރުހުން އެ ދެ މީހުންނާ ސުވާލު ކުރި އެވެ. ކޮވިޑްގައި ހާލު ބޮޑުވެ ފުރާނައަށް ނުރައްކާ ވަނީ ކުއްލިއަކަށް ކަމަށް ވެފައި ދެ މީހުންނަށް ނުވަތަ ދެ މީހުން ކުރެ އެކަކަށް ފަސޭހަ ވެގެން ކައިވެނި ކުރާނެ ފުރުސަތު ނުލިބިދާނެތީ އެވެ.

އެލިޒަބަތު އާއި އޯބްރިއަންގެ ވެސް ވަރަށް ހާލުބޮޑުވި އެވެ. އަދި ދިރިއުޅުމުން އުންމީދު ގެއްލޭ ހިސާބަށް އޯބްރިއަންގެ ހާލު ދިޔަ އެވެ.

އެ ހާލުގައި ވެސް ކައިވެނި ކުރުމަކީ އެ ދެ މީހުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަން ހޮސްޕިޓަލުގެ މެޑިކަލް ސްޓާފުން އެނގުމުން އެ މީހުން ވަރަށް ބުރަ މަސައްކަތުން ހޮސްޕިޓަލުގައި ކައިވެނި ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނެވެ. އެހާ ލޯބިން އުޅޭ ދެ މީހުންނަށް ވާތީ އެފަދަ ފުރުސަތެއް ނުލިބިދާނެ ކަމުގެ ބިރު އޮތީމަ އެވެ.

ކައިވެނި ކުރަން އޮތް ދުވަހު އޯބްރިއަންގެ ހާލު ބޮޑުވެ އައިސީޔޫއަށް ބަދަލު ކުރަން ޖެހުނެވެ. ނަމަވެސް އެވަރުން ވެސް މި ކައިވެނީގެ ކަންކަން ހުއްޓާލަން އެމީހުން ބޭނުމެއް ނުވެ އެވެ. ކައިވެނީގެ ރަސްމިއްޔާތު ނިމެން ދެން އޯބްރިއަން ވެންޓިލޭޓަރަށް ނުލައި ބާއްވައިގެން ކައިވެނީގެ ކަންކަން ނިންމި އެވެ.

"އެ މީހުން [ޑޮކްޓަރުން] ބުނި އޯބްރިއަންގެ ހާލު ދެރަވަމުންދާތީ އޭނާއަށް ކައިވެނި ކުރާނެ އިތުރު ފުރުސަތެއް ނުލިބުމަކީ އެކަށީގެންވާ ކަމެކޭ. އޭނަ ގަޔަށް މެޝިންތައް ގުޅާފައި ފުރާނަ ހުއްޓާ އޭގެން ނުނެގިދާނޭ. އެހެންވެ ހޮޅިތައް ގުޅުން ގަޑިއެއްހާއިރަށް ލަސްކޮށްލާފައި އަހަރެމެންގެ ކައިވެނީގެ ކަންކަން ފުރިހަމަ ކުރަން ފުރުސަތު ދިނީ،" އެލިޒަބަތު ބުންޏެވެ.

އެވަގުތު އެ މީހުން އެޑްމިޓްކޮށްފައި ތިބި އައިސީޔޫގައި ތިބި މީހުން މަރުވާ ނިސްބަތްހުރީ 80 ޕަސެންޓަށް ވުރެ މަތީގައި ކަމުން އޯބްރިއަން އާއި އެލިޒަބަތުގެ ލޯބީގެ ވާހަކައަށް ވެސް ހިތާމަވެރި ނިމުމެއް އައުމުގެ ފުރުސަތު އޭރު އޮތީ ވަރަށް ބޮޑުކޮށެވެ.

ނަމަވެސް ކައިވެންޏަށްފަހު ވެންޓިލޭޓަރުގައި ފަރުވާ ދީގެން އޯބްރިއަންގެ ހާލު ރަނގަޅުވެ ކޮވިޑް-19 އިގެ ބަލި މީހުން ތިބޭ ވޯޑުގައި ދެ މީހުންނަށް އަލަތު ކައިވެނީގެ ދެމަފިރިންގެ ގޮތުގައި ބައްދަލުވުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. ދެ މީހުންނަށް އަދިވެސް ނޭވާލެވެނީ އޮކްސިޖަންގެ އެހީގައި ނަމަވެސް ޖެހިޖެހިގެން އޮތް ދެ އެނދުގައި އަތާ އަތް ގުޅާލައިގެން އޮތުމުގެ ފުރުސަތު މިހާރު ވަނީ ލިބިފަ އެވެ.

"ދެމަފިރިންގެ ގޮތުގައި ފުރަތަމަ ކސ ޝެއާ ކޮށްލެވޭނީ އަދި ވަރަށް ގިނަ ދުވަސް ފަހުން،" އެލިޒަބަތު ބުންޏެވެ.
އެލިޒަބަތު އާއި އޯބްރިއަން އަތާ އަތް ގުޅާލައިގެން ތިބެ ކިޔައިދިންގޮތުގައި ހޮސްޕިޓަލުގެ ސްޓާފުން އެމީހުންގެ ވެޑިން ލައިސަންސް ހޯދައި ދިނުމަށާއި ކައިވެނީގެ އިންތިޒާމުތައް ހަމަޖައްސައި ދޭން ވަރަށް ބުރަ މަސައްކަތްތަކެއް ކުރި އެވެ.

ކައިވެންޏަށްފަހު ވެންޓިލޭޓަރު ގުޅައިގެން އޯ ބްރިއަން ވެސް ފުރާނަ ވެސް ވަނީ ސަލާމަތް ކުރެވިފަ އެވެ. އަދި މިހާރު ދެ މީހުން ވޯޑުގައި ތިބެގެން ބައްޔާ ހަނގުރާމަކޮށް އަންނަނީ ރަނގަޅު ވަމުންނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ބައްޔާ ހަނގުރާމަކުރުމުގެ ހިތްވަރު އެމީހުންނަށް ބޮޑަށް ލިބުނީ ކައިވެނީގެ ސަބަބުންނެވެ.

"ދެ މީހުންނަށް އެކަކު އަނެކަކަށް އެހީތެރިވުމުގެ ފުރުސަތު ނުލިބުނު ނަމަ އަދި ކައިވެނި ކުރާނެ ފުރުސަތު ނުލިބުނުނަމަ އަހަރެމެން ދެ މީހުންނަށް މި ދުވަސް ދެކެން ދުނިޔޭގައި ތިބެވޭނެހެނެއް ހިއެއް ނުވޭ،" އޮކްސިޖަން މާސްކް އަޅައިގެން އިނދެ އޯބްރިއަން ބުންޏެވެ.