އެޑްވަޓޯރިއަލް

ސީއެންއެން ކޯލް ޓު އާތު: ރާއްޖޭގައި ކުރިޔަށްދާ މަންޓާ ރޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމް

Jan 26, 2021

ތިމާވެށި ހިމާޔަތް ކުރުމަށް ބާރު އަޅާ ސީއެންއެން އިން ކުރިޔަށް ގެންދާ "ސީއެންއެންސް ކޯލް ޓު އާތު" ގައި މަންޓާ ރޭ ހިމާޔަތް ކުރުމަށް، ރާއްޖެއިން ކުރިޔަށް ގެންދާ "މަންޓާ ރޭއި ކޮންޒަވޭޝަން" އަށް އަމާޒު ކޮށްގެން މި މަހު ޕްރޮގްރާމެއް ދަނީ ގެނެސްދެމުންނެވެ.

މަންޓާތައް ހިމާޔަތް ކުރާ ގްރޫޕުން އެ އާލާކޮށް، އޭގެ ހަރަކާތްތައް ދެނެގަތުމަށް ކުރާ މަސައްކަތާއި، މައިގަނޑު ގޮތެއްގައި މަންޓާތައް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތް ދެނެގަތުމަށް ސީއެންއެން އިން ވަނީ ބ. އަތޮޅު މަންޓާ ރޭ ޕްރޮޖެކްޓްގެ މެނޭޖާ ބެތު ފޮލްކްނާއާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައެވެ.

މުޅި ދުނިޔޭގައި ވެސް އެކި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ މަންޓާގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ގައުމަކީ ރާއްޖެ ކަމަށްވާއިރު، ރާއްޖޭގައި މަންޓާގެ އާބާދީ އުޅެނީ 5،000 އަށް ވުރެ މަތީގައެވެ.

"ރާއްޖޭގައި މަންޓާއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެކި ސަބަބުތަކާ ހެދި އޭގެ ދިރުން ނެތި ދިއުން. އެގޮތުން ކަނޑުގެ ހޫނުމިން ގަދަވުމުގެ ސަބަބުން ރަށްރަށުގެ ވަށައިގެންވާ މުރަކަތައް ހަލާކުވުމަކީ ވެސް ކުރިޔަށް އޮތްތަނުގައި މަންޓާއަށް އޮތް ނުރައްކަލެއް" ފޮލްކްނާ ވިދާޅުވިއެވެ.

ފޮލްކްނާ ވިދާޅުވީ، އޭނާގެ ބޭނުމަކީ ވީހާވެސް ގިނަ މީހުން މަންޓާއާއެކު މޫދުގައި ފީނާލަން ދިއުން އިންސްޕިރޭޝަނެއްގެ ގޮތުގައި ނެގުން ކަމަށެވެ.

ސީއެންއެންއަކީ މީޑިއާނެޓުން ދައްކަމުން އަންނަ ޗެނަލްއަކަށްވާއިރު، "ސީއެންއެންސް ކޯލް ޓު އާރތު" ޕްރޮގްރާމްވެސް މީޑިއާނެޓްގެ 110 ނަމްބަރ ޗެނަލް އިން ބަލައިލެވޭނެ އެވެ.