ހަބަރު

އެކައުންޓިންއަށް ޝައުގުވެރިވާ ދަރިވަރުންނަށް ވެބިނާއެއް

އެކައުންޓިންގ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށް ތަމްރީނު ދިނުމުގެ ގޮތުން އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ކެރިއާ ގައިޑެންސް ވެބިނާ އެއް ބާއްވަން ނިންމައިފި އެވެ.

މި ވެބިނާ ކުރިއަށް ގެންދަން ނިންމާފައި ވަނީ އޯލެވެލް އަދި އޭލެވެލް ކިޔަވާ ދަރިވަރުންގެ ތެރެއިން އެކައުންޓިންއަށް ޝައުގުވެރިވާ ދަރިވަރުންނަށް ހާއްސަކޮށްގެންނެވެ. ސީއޭ މޯލްޑިވްސް އިން ބުނީ މި ވެބިނާގައި ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ އެކައުންޓިން ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅުން ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސުކޫލެއް ހިމެނޭގޮތަށް މި ޕްރޮގްރާމް ބާއްވާނީ ތިން ގްރޫޕަކަށް ބަހާލައިގެން އޮންލައިނުކޮށެވެ.