ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތޮއްޑޫ

ތޮއްޑޫ މޮނިޓަރިންއަށް ލައިފި

އއ. ތޮއްޑޫ އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސް، ރަށައް އަރާ ފޭބުން މަނާކޮށްފި އެވެ.

އެ ރަށް މޮނިޓަރިންއަށް ގެނައީ އެ ރަށުން މާލެ އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެއީ ޕްރީސްކޫލް ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރެކެވެ. އޭނާ މާލެ އައީ ބަލި ވެގެންނެވެ. ޕޮޒިޓިވްވިކަން އެނގުނީ ޑޮކްޓަރަށް ދެއްކުމަށް ފަހު ކޮވިޑަށް ޓެސްޓް ކުރުމުންނެވެ.

އެޗްޕީއޭއިން މިރޭ ބުނީ އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ތޮއްޑޫ އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސް، ރަށައް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

ތޮއްޑޫގެ އިތުރުން އެޗްޕީއޭގެ މޮނިޓަރިންގައި އޮތް މ. ކޮޅުފުށިންވެސް ނުވަ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ރަށް މޮނިޓަރިންއަށް ގެނައީ އެ ރަށުން އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެމީހާ ބައްޔަށް ޕޮޒިޓިވްވީ 24 ވަނަ ދުވަހުއެވެ. އޭނާ މާލެ އައީ އޭގެ ދެ ދުވަސް ކުރިންނެވެ. އެ ކޭސްއާ ގުޅިގެން އެ ރަށުން ވަނީ 100 ވުރެ ގިނަ ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން ގިނަ ސާމްޕަލްތަކެއްގެ ނަތީޖާ ލިބިފައިވާއިރު ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ދޮޅު އަހަރު ކުއްޖަކާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ.