ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮޅުފުށިން އެހެން ރަށްރަށައް ދިޔަ މީހުން އަންގަން އެދިއްޖެ

ފަހެއް ޖެނުވަރީގެ ފަހުން މ. ކޮޅުފުށިން އަތޮޅުތެރެއަށް ދަތުރުކޮށްފައިވާ މީހުން ވީހާވެސް އަވަހަކަށް އެމީހަކު ހުރި ރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް އެންގުމަށް އެޗްޕީއޭ އިން އެދިއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ، އެ މުއްދަތުގައި ކޮޅުފުށިން އެހެން ރަށްރަށަށް ދަތުރުކުރި މީހުންގެ ތެރެއިން 14 ދުވަސް ހަމަނުވާ މީހުން 14 ދުވަހަށް ކަރަންޓީނުވުމަށްފަހު ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި 14 ދުވަހު ކަރަންޓީނުވެފައި ތިބި މީހުން ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

އެޗްޕީއޭއިން މި އެންގުން އަންގާފައި މިވަނީ މިއަދު ކޮޅުފުށިން ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެރަށް މިހާރު މޮނިޓަރިން ހާލަތަށް ގެނެސްފައިވާއިރު، އެރަށް މޮނިޓަރިން ހާލަތަށް ގެނައީ އެރަށުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.