ހަބަރު

ދިރާގުގެ މަމެން ޕެކޭޖްތަކުން ޑިސްކައުންޓެއް

ދިރާގުގެ މަމެން ޑޭޓާ އެޑް އޮން ޕެކޭޖުތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި މަމެން ޑޭޓާ އެޑް އޮން ޕެކޭޖްތައް ގެންގުޅޭ ފަރާތްތަކަށް މިއަދުން ފެށިގެން 15 ޕަސެންޓް ޑިސްކައުންޓް ދޭނެ އެވެ.

މަމެން އެޕްލިކޭޝަން މެދުވެރިކޮށް "އެޑް އޮންސް" ޓެބުން ލިބެން ހުރި ޕެކޭޖްތައް ބަލައިލެވޭނެ އެވެ. ޕެކޭޖްތަކުގެ އަދަދު ފެންނާނީ "އާރްބީ" އިންނެވެ. އެޑް އޮން ޕެކޭޖް ގަތުމާއި އެކީ އާރްބީގެ ބެލެންސުން ފައިސާ ކެނޑޭނެ އެވެ. އެޑްއޮން ޕެކޭޖް ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ބަލަން ޖެހެ އެވެ.

ދިރާގުން ފަށާފައިވާ މި ޕްރޮމޯޝަން ނިމޭނީ މި އަހަރުގެ މާޗް 20 ވަނަ ދުވަހު އެވެ.