ހަބަރު

ރާއްޖޭން ދޫކުރާ ވިހަ ގޭހުގެ މިންވަރި 26 ޕަސެންޓަށް ތިރިކުރާނެ

ރާއްޖެއިން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު 26 ޕަސެންޓަށް ކުޑަ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅު ވެއްޖެ އެވެ.

ކްލައިމެޓް އެޑެޕްޓޭޝަން ސަމިޓް 2021 ގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، މިހާރު ހުރި ވަސީލަތްތައް ބޭނުން ކޮށްގެން 2030 ވަނަ އަހަރަށް ވިހަ ގޭސްތައް މަދު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖެ ހިއްސާ ކުރަނީ ދުނިޔޭގެ ނިސްބަތުން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ އެންމެ 0.003 ޕަސެންޓް ކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަ ކުރަން ހަރުދަނާ ފިޔަވަޅުތައް އެޅުމަށާއި ބޮޑެތި ނިންމުންތައް ނިންމުމަށް ގޮވާލާނެ ކަމަށެވެ.

ރާއްޖެއަކީ ނެޓް ޒީރޯ ގައުމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. ހުސައިން ވިދާޅުވީ އެކަމަށް އެހެން ގައުމުތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.