އެމްއެންޑީއެފް

ސިފައިންގެއަށް ވަންނަން 759 މީހުން ކުރިމަތިލައިފި

Jan 28, 2021
5

އަލަށް ހުޅުވާލި ވަޒީފާ ފުރުސަތުގައި ސިފައިންގެ ވަޒީފާ އެދި މިހާތަނަށް 759 މީހަކު ފޯމް ހުށައަޅައިފި އެވެ.

ސިފައިންގެ ވަޒީފާ އެދި ހުށައެޅުމުގެ މުއްދަތު މި މަހުގެ 31 ގެ ނިޔަލަށް އެބައޮތެވެ. އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ތާރީހާ ހަމައަށް ވަޒީފާއަށް އެދި ހުށައެޅި މީހުންގެ އިންޓަވިއު ކުރުމާއި ފިޒިކަލް ޓެސްޓުތައް ކުރިއަށްދާ ކަމަށެވެ.

މިހާތަނަށް 700 އަށްވުރެ ގިނަ ފޯމް ވަނީ ހުށަހަޅާފައި ވާއިރު ޖަނަވަރީ މަހުތެރޭ ވަޒީފާއަށް އެދި ފޯމް ހުށައަޅާ މީހުންގެ އިންޓަވިއު ކުރުމާއި ފިޒިކަލް ޓެސްޓުތައް ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް ތާވަލްކޮށް، ފޯމް ހުށައެޅި މީހުނާ ގުޅުމުގެ މަސައްކަތަށް ކުރާނެ އެވެ.

އާޒިމް ވިދާޅުވި ގޮތުގައިު ސިފައިންގެ ވަޒީފާއަށް ހުޅުވާލުމުން މިހާތަނަށް ފޯމު ހުށަހެޅީ 759 މީހުނެވެ. އެއީ 112 އަންހެނުންނާއި 647 ފިރިހެނުނެވެ.

ވަޒީފާ އިންޓަވިއުތައް ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ އިތުރުން ޅ. ނައިފަރާއި ހދ. ކުޅުދުއްފުށީގަ އެވެ. މީގެ އިތުރުން ލ. ކައްދޫ އާއި ލ. ފޮނަދޫ އާއި ލ. ގަން އާއި ފ. ނިލަންދޫ އާއި މ. މުލީގައި އިންޓަވިއުތައް ބޭއްވި އިރު އައްޑޫސިޓީ ހިތަދޫ އާއި ފުވައްމުލައް ސިޓީ އާއި ގދ. ތިނަދޫ ގައި ވެސް އިންޓަވިއުތައް ކުރިޔަށް ގެންދިޔަ އެވެ.