ހަބަރު

ކްރޮއޭޝިއާގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގަތް ކޮލިންޑާއަށް ރައީސް ޔާމީން ތަހުނިޔާ ވިދާޅުވެއްޖެ

Jan 12, 2015

ކްރޮއޭޝިއާގެ ރައީސް ކަމަށް އަލަށް އިންތިޚާބުވެ ވަޑައިގަތް ކޮލިންޑާ ގްރަބާއަށް ރައީސް އަބްދުﷲ ޔާމީން މިއަދު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޔާމީން ފޮނުއްވި މެސެޖްގައި ރާއްޖޭގެ ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ކޮލިންޑާއަށް ތަހުނިޔާ ވިދާޅުވެފައިވާ ކަމަށެވެ. އަދި ކްރޮއޭޝިއާ އަށް އަންހެން ރައީސަކު އިންތިޚާބުވުމަކީ އެ ގައުމުގެ ގާނޫނީ ހަޔާތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ކޮލިންޑާގެ ޒައާމަތުގައި ރާއްޖެ އާއި ކްރޮއޭޝިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ޔާމީން އެ މެސެޖްގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ކުޑަ ތަފާތަކުން ކޮލިންޑާ އިންތިޚާބު ކާމިޔާބު ކުރެއްވީ އެ ގައުމުގެ މިހާރުގެ ރައީސް ޖޮސިޕޮވިކާ ވާދަކޮށްގެނެވެ. ކުރިން ފޮރިން މިނިސްޓަރު ކަން ވެސް ކުރެއްވި ކޮލިންޑާއަކީ އެ ގައުމުގެ ތާރީޚުގައި ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގަތް ފުރަތަމަ އަންހެން ބޭފުޅާ އެވެ.