މާލޭގެ ގެއެއްގައި އަލިފާން ރޯވެއްޖެ އެވެ.
އަލިފާން ރޯވެފައިވަނީ މއ. އުދުހޭ ކޮކާ ހަތަރުވަނަ ފަންގިފިލާގައެވެ. އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަލިފާން ރޯވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ނިއްވާލާފައެވެ.
ސިފައިން ބުނީ އަލިފާން ރޯވީ އެ ގޭގެ ހަތަރުވަނަ ފަންގިފިލާގައި ހުރި ކުނިތަކެއްގައި ކަމަށެވެ. ރޯވި އަލިފާން ނިއްވާލީ ސިފައިންގެ ފަޔާ ޓީމުންނެވެ.