އިލެކްޝަންސް ކޮމިޝަން

ޑަމީ އިންތިހާބެއް ފަށައިފި

Jan 30, 2021
1

ބާއްވަން މަސައްކަތް ކުރާ ކައުންސިލް އިންތިހާބުގައި ވޯޓު ލާން ހޭދަވާ ވަގުތު ދެނެގަތުމަށް "ޑަމީ އިންތިހާބެއް" ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ ކޮމިޝަނުން ފެށީ ޑަމީ އިންތިހާބުން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އިންތިހާބު ބާއްވަން ހޭދަވާ ވަގުތެއް ހޯދައި އަންދާޒާއެއް ހެދޭނެ ކަމަށެވެ.

އީސީގެ ޑަމީ އިންތިހާބުގެ މުވައްޒަފުން ތިބެނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ފިޔަވަޅު އަޅައިގެންނެވެ. ޑަމީ އިންތިހާބު ކުރިޔަށް ގެންދަނީ އިންތިހާބާއި ބެހޭ މަރުކަޒުގަ އެވެ.

އެކުގައި ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ކައުންސިލް އިންތިހާބު ބާއްވަން މިހާރު ނިންމާފައިވާ ތާރީހަކީ އޭޕްރިލް މަހުގެ 10 ވަނަ ދުވަހެވެ.