އިންޑިއާ

ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭ ހަދަން އިންޑިއާގެ މަނަވަރެއް

Jan 30, 2021
3

ދިވެހިރާއްޖޭގެ ހައިޑްރޯގްރެފިކް ސާވޭއެއް ހަދަން އިންޑިއާގެ އަސްކަރީ މަނަވަރެއް މާދަމާ ރާއްޖެ އަންނާނެ ކަމަށް ސިފައިންގެ އިން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ހައިޑްރޯގްރަފީ ސާވޭ ހަދަން އަންނަނީ އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު، އައިއެންއެސް ދަރްޝަކް ކަމަށާއި ސާވޭ ހަދަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި މިމަހުގެ 31 އިން މާޗު މަހުގެ 15 ގެ ނިޔަލަށް ކަމަށެވެ.

ރާއްޖޭގައި ހަދަނީ ހައިޑްރޯގްރަފީގެ ކޮން ކަހަލަ ސާވޭ އެއް ކަމެއް މިހާތަނަށް ސާފު ކޮށްދީފައެއް ނުވެއެވެ. ޓެރިޓޯރިއަލް ސިއްރުތައް ހިއްސާ ވެދާނެ މިފަދަ ސާވޭތަކުގައި ކަނޑުއަޑީގެ ޗާޓާއި ކަނޑުއަޑީގައިވާ ތަކެއްޗައި ގުދުރަތީ މުއްސަނދިކަން ދެނެގަތުމާއެކު ކަނޑުތަކާ، ކޯރު ފަދަ ތަންތައް ދިރާސާ ކުރާނެ އެވެ.

ރާއްޖޭގެ މި ހާރުގެ ސަރުކާރާ ވަރަށް ގާތް ގުޅުމެ އޮންނަ އިންޑިއާގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތުގައި 2019 ވަނަ އަހަރު ވަނީ ހައިޑްރޯގްރެފިކް އެންޑް އޯޝަން އިކޮނޮމީ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފަ އެވެ.

ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މި އެއްބަސްވުން އެއްބަސްވުން ޤާއިމް ކުރަން އިންޑިއައިން އެދުނެވެ. އެ ހުށަހެޅުމާއެކު ރާއްޖެ ވަޑައިގަތީ އިންޑިއާގެ ޗީފް ހައިޑްރޯގްރަފާ ރެއާ އެޑްމިރަލް ވިނޭ ބަދްވާރެވެ.