ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

މާދަމާ ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށަނީ

Jan 31, 2021
12

މާދަމާ މާލެ އާއި ހދ. ކުޅުދުއްފުއްޓާއި އައްޑޫގައި ކޮވިޑް-19 ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ. ދޭނީ އޮކްސްފޯޑް-އެސްޓްރާޒެނެކާގެ "ކޮވިޝީލްޑް" ވެކްސިނެވެ.

ހެލްތު މިނިސްޓްރީން ބުނީ ވެކްސިން ދޭން ފަށާނީ މާލެ، ކުޅުދުއްފުއްޓާއި އައްޑޫގައި ކަމަށާއި ވެކްސިން ދޭން ފެށުމަށް އެ އަތޮޅުތަކަށް ވެކްސިން ގެންގޮސްފައިވާ ކަމަށެވެ.

ވެކްސިން ދިނުމަށް މާލޭގައި ހަމަޖައްސާފައި ވަނީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލެވެ. އައްޑު އަތޮޅުގައި ވެކްސިން ދޭނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ. ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގަ އެވެ.

ރާއްޖޭގައި ވެކްސިން ދޭ އިރު އިސްކަން ދެނީ ފްރަންޓްލައިންގެ ހިދުމަތްތެރީންނަށެވެ. ނަމަވެސް ވަރަށް އަވަހަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ވެކްސިން ދޭން ފަށާނެ އެވެ.

ރާއްޖޭގައި ޖަހާ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިމަހު 26 ވަނަ ދުވަހު އެމްއެފްޑީއޭއިން ވަނީ ދީފަ އެވެ. ހުއްދަ ދީފައިވަނީ އެކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ބަލާ ދިރާސާ ކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު އެވެ.