ވިޔަފާރި

އުރީދޫއަށް ފަހު ކުއާޓަރުގައި ސާފު ފައިދާއަށް 158.6 މިލިއަން ރުފިޔާ

Feb 1, 2021

އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 158.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އުރީދޫގެ 2020 ގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މި ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 402 މިލިއަން ރުފިޔާ އެވެ. އެގޮތުން މޮބައިލް ފޯނުގެ ހިދުމަތުން 304.8 މިލިއަން ރުފިޔާ އަދި ފިކްސްޑް ބްރޯޑްބޭންޑާއި ވިޔަފާރި ކުންފުނިތަ ކަށް ހިދުމަތްދީގެން 91.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ކުންފުނިން މި ކުއާޓަރުގައި ހިންގުމުގެ ހަރަދަށް 222.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި ކުއާޓަރުގައި އެ ކުންފުނިން ޓެކުހުގެ ގޮތުގައި ދެއްކީ 4.4 މިލިއަން ރުފިޔާ އެވެ.