ހަބަރު

15.1 ކިލޯ މީޓަރުގެ ލާމްލިންކްގައި ތާރު އަޅަން ފަށައިފި

Oct 27, 2015

ލ. ފޮނަދޫން ގަމަށް ހަދާ ބޮޑު މަގު، "ލާމް ލިންކް" ގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށައި ބާރަށް މަސައްކަތް ކުރިޔަށްދާ ކަމަށެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން މިނިސްޓްރީން ބުނީ އަންނަ އަހަރުގެ މެދުތެރޭ އާންމުންނަށް ބޭނުން ކުރެވޭ ވަރަށް މަގު ނިންމާނެ ކަމަށެވެ.

ވެރިރަށް ފޮނަދޫ އާއި އެއާޕޯޓް ހިމެނޭ ކައްދޫ އާއި ސިނާއީ ރަށް، މާންދޫ އާއި ރާއްޖޭގެ އެންމެ ބޮޑު ރަށް ގަމާއި ގުޅިފައިވާ 15.1 ކިލޯ މީޓަރުގެ ދިގު މަގުގައި ތާރު އަޅަން ފެށީ މަގުގެ ވެލިގަނޑު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމަށްފަހު ދެ ފަރާތު ޕޭމަންޓްގެ މަސައްކަތް ވެސް ނިންމާފަ އެވެ.

އޭރު ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުއްތޮލިބު ރޭ، ވިދާޅުވީ 24 މަސް ދުވަހުން ނިންމަން ހަވާލުކޮށްފައިވާ އެ މަގުގެ މަސައްކަތުގެ ސުޕީޑް ހުރި ގޮތުން 18 މަސް ދުވަހުން ނިމި އާންމުންނަށް މަގު ހުޅުވައިލެވޭނެ ކަމަށެވެ.

"މަގު، ލިންކް ރޯޑް މަސައްކަތް ކަނޑައަޅިފައިވާ ޝެޑިއުލާ އެއްގޮތަށް ބާރަށް ކުރިޔަށް އެބަދޭ މަގުގެ 35 ޕަސެންޓް މަސަކްތް މިހާރު ވަނީ ނިމިފައި،" އޭނާ ވިދާޅުވި އެވެ. "މ މަސައްކަތް މި ސްޕީޑްގައި ހިނގަމުންދާނަމަ މަގު ނިންމާ އާންމުންނަށް ހުޅުވާލެވޭނެ އަންނަ އަހަރުގެ މެދުތެރޭގައި އެއީ ރަސްމީ ޝެޑިއުލަށްވުރެ ހަމަސް އަވަށް މުއްދަތެއް،"

ޗައިނާގެ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 171.7 މިލިޔަން ރުފިޔާގެ މަގުގެ މަސައްކަތް ފެށީ ޑިސެމްބަރު 15، 2014 އިގައެވެ. އެއްބަސްވުމުގައި ސޮއި ކުރީ އެ އަހަރުގެ ނޮވެމްބަރުގަ އެވެ.

މި މަގުގެ ޑިޒައިން ކޮށްފައި ވަނީ މާލެ އާއި ހުޅުލެއާ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ވެސް ޑިޒައިން ކުރި ސީސީސީ ހައިވޭ އިންނެވެ.
މި މަގު ހަދަނ ވަރަށް ގިނަ ދިރާސާ އާއި ސާވޭކޮށް މަގުގައި ދެކޮޅަށްދުއްވާ ބައިގެ މެދުން ބެރިއާސްލައި މެދުގައި ލައިޓާއި ގަސް ޖަހައިގެން ވަރަށް ފުޅާކޮށެވެ. އަދި އެކްސިޑެންޓްތައް ނުހިނގާނެ ގޮތަށް ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަންދީގެނެވެ.