- މަސައްކަތް ހަވާލު ކުރީ 200 ދުވަހުން ނިންމަން
- ތިނަދޫއަށް އުދަ އެރުމުގެ މައްސަލަ ހައްލުވާނެ
- 17 ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރަން 329 މިލިޔަން ރުފިޔާ
ގދ. ތިނަދޫ ގޮނޑުދޮށް ހިމާޔަތްކޮށް ބޮޑު ހިލަ ޖެހުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މިއަދު މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރެއްވީ އެމްޓީސީސީގެ ޗީފްއެގްޒެކެޓިވް އޮފސަރު އިބްރާހިމް އަބްދުއް ރައްޒާގު ހަލީމެވެ.
މި މަޝްރޫ އެމްޓީސީސީއަށް ދިނީ 20.8 މިލިޔަން ރުފިޔާއަށް 200 ދުވަހުން ނިންމާށެވެ. މި ޕްރޮޖެކްޓްގައި ތިނަދީ ބަރާސިލް އަވަށުގެ އިރު ދެކުނު ސަރަހައްދުގައި 432 މީޓަރަށް ބޮޑު ހިލައިގެ ތޮށްޓެއް ލާނެ އެވެ.
އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވީ ތިނަދޫ ބަރާސިލް ސަރަހައްދަކީ ވަރަށް ގިނައިން އުދަ އަރާ ސަަރަހައްދެއް ކަމަށާއި މި ޕްރޮޖެކްޓްގެ ސަބަބުން އެކަން ކަމަށް ހައްލު އަންނާނެ ކަމަށެވެ.
އަދި ވިދާޅުވީ މި ސަރުކާރު އައުމަށްފަހު 17 ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރަން 329 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.